01 ޖޫން 2017
މައުމޫނު ފައުންޑޭޝަންގެ ފަރާތުން 20 ދާއިރާއަކުން ހުޅުވާލި 80 ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
މައުމޫނު ފައުންޑޭޝަންގެ ފަރާތުން 20 ދާއިރާއަކުން ހުޅުވާލި 80 ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ސްކޮލަޝިޕްތަކަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 22 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ސްކޮލަޝިޕްތަކަކީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސީގައި މާސްޓާސް، ބެޗްލާސް ޑިގްރީ އަދި ޑިޕްލޮމާ އަށް ކިޔެވުމުގެ ފުރުސަތުތަކެކެވެ.
މިއީ ކޯހުގެ ޚަރަދުގެ ދެބައި ކުޅަ އެއްބައި ހިލޭ ލިބޭ ކޯސްތަކެކެވެ.
ކޯސްތަކުގެ ތެރޭގައި ބެޗްލާ އޮފް ބިޒްނަޒް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމާސް، ބެޗްލާ އޮފް ކޮމާސް (އޮނާސް)، ބެޗްލާ އިން ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް، ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަން، ބެޗްލާ އިން ޖާނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ބެޗްލާ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން ހިމެނެ އެވެ.
އޭގެ އިތުރުން ބެޗްލާ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބީއެސްސީ- ބަޔޯޓެކްނޮލޮޖީ (އޮނާސް)، ބެޗެލާ އޮފް ފޮޒިއޮތެރަޕީ، މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވެލް މެނޭޖްމެންޓް، ބީއެސްސީ- އިންފޮމޭޝަން ޓެކްނޮލޮޖީ، ބީއޭ- ބެޗެލާ އިން ޖާނަލިޒަމް (އޮނާސް)، ބީއޭ- ޓޫރިޒަމް (އޮނާސް)، ބީއޭ- އިންގްލިޝް (އޮނާސް)، އެމްއޭ- މާސްޓާ އިން އިންގްލިޝް، އެމްއެސްސީ- ސައިކޮލޮޖީ، ބީއެސްސީ- ހޮޓެލް މެނޭޖްމަންޓް އެންޑް ކޭޓަރިން ޓެކްނޮލޮޖީ، ޑިޕްލޮމާ އިން ހޮސްޕިޓާލިޓީ އަދި މާސްޓާ އޮފް ޕިޒިއޮތެރަޕީ ވެސް ހިމެނެ އެވެ.
މައުމޫނު ފައުންޑޭޝަނުން 2015 ވަނަ އަހަރު ވަނީ 28 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފަ އެވެ.
މައުމޫން ފައުންޑޭޝަން ސްކޮލަޝިޕަށް މުއްދަތު އިތުރުކޮށްފި
މައުމޫން ފައުންޑޭޝަނުން ސްކޮލާޝިޕްތަކެއް ހުޅުވާލައިފި
މައުމޫނު ފައުންޑޭޝަނުން ސްކޯލާޝިޕްތަކެއް އިއުލާންކޮށްފި
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ޖަޕާނު ސަރުކާރުން ދޭ ސްކޮލާޝިޕަށް ހުޅުވާލައިފި
މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި