Roadha Mihaaru
ފުވައްމުލަކުގައި އެކްސިޑެންޓްވި މީހާ މާލެ ފޮނުވާލައިފި

ފުވައްމުލަކުގައި އެކްސިޑެންޓްވި މީހާ މާލެ ފޮނުވާލައިފި

18 ޖޫން 2017

ފުވައްމުލަކުގައި ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ފަރުމާ ދެމުން ގެންދިޔަ ފިރިހެން މީހާ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުވައްމުލަކުގައި ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ފަރުމާ ދެމުން ގެންދިޔަ ފިރިހެން މީހާ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ 59 އަހަރުގެ އެ މީހާ މާލެ ފުރުވާލީ ޗާޓަރު ފްލައިޓެއްގައި ރޭ ދަންވަރު 12:00 އެހާކަށްހާ އިރު ކަމަށެވެ.

އެކްސިޑެންޓްގައި އެ މީހާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، މާލެ ފޮނުވާލި އިރު ހާލު "ސްޓެބަލް" ކަމަށް އެޗްއާރްއެޗުން ބުންޏެވެ.

އޭނާ އައްޑު އަށް އިއްޔެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް، މާލެ ފުރުވާލުން ލަސްވީ އިތުރު ޕަސެންޖަރުންތަކެއް ދަތުރު ނުކުރާ ފްލައިޓެއްގައި ފޮނުވަން ޖެހޭތީ އެވެ. އިއްޔެ ރޭ މާލެ ގެންނަން މަތިންދާބޯޓު ނައްޓާލި ތަނުން ހާލު ގޯސްވެގެން ބޯޓު އަނބުރާ ފުވަައްމުލަކަށް ޖެއްސީ އެވެ. އަދި ސީ އެމްބިއުލެންސްގައި ހިތަދޫ އަށް ގެންގޮސް، މަތިންދާާ ބޯޓުގައި މާލެ ގެންދެވޭ ވަރަށް ހާލު ރަނގަޅު ވަންދެން އެޗުއާރުއެޗުގައި ފަރުވާ ދިނެވެ.