Roadha Mihaaru
ފުވައްމުލަކުގައި އެކްސިޑެންޓްވި މީހާގެ ހާލު ރަނގަޅު

ފުވައްމުލަކުގައި އެކްސިޑެންޓުވި މީހާގެ ހާލު ރަނގަޅު، އިތުރު ފަރުވާ އަށް މާލެ ފޮނުވާލަނީ

17 ޖޫން 2017

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، މިއަދު އައްޑު އަށް ގެނެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުވާ ދެމުން އަންނަ ފިރިހެން މީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، މިއަދު އައްޑު އަށް ގެނެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުވާ ދެމުން އަންނަ ފިރިހެން މީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ މީހާ މިއަދު ހެނދުނު ވެސް މާލެ ފޮނުވާލުމަށް ފުވައްމަލަކު ހޮސްޕިޓަލުން މަސައްކަތް ކުރި އެވެ. ނަމަވެސް މާލެ ގެންދިއުމަށްޓަކައި މަތިންދާބޯޓަށް އަރުވައި ބޯޓު ނައްޓާލި ފަހުން، ދަތުރު ކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސްވެ ގެންދެވޭ ގޮތް ނުވީ އެވެ. އެހެންވެ އެ މީހާ ގެނައީ އައްޑޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

އެޗްއާރްއެޗްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މީހާ އައިސީޔޫގައި އޮތް ނަމަވެސް "ސްޓެބަލް" ކަމަށެވެ.

"އެހެން ނަމަވެސް ސިކުނޑި އަށް ގެއްލުންތަކެއް ވެފައި ހުރީމަ ފަރުވާ އަށް މާލެ ފޮނުވާލަން ބޭނުން ވަނީ،" އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލުން ބުނިގޮތުގައި ފުރުވާލުން ލަސްވަނީ އިތުރު ފަސިންޖަރުންތަކަކާ ނުލައި ދަތުރުކުރާ ބޯޓެއްގައި އޭނާ ފޮނުވާލަން ޖެހޭތީ އެވެ.

"އެހެންވެ ފްލައިޓެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުން މި އަންނަނީ. ފްލައިޓެއް ހަމަޖެހުނުހާ އަވަހަކަށް މާލެ ފުރުވާލާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ރޭ 10 ޖަހާކަން ހާއިރު ހިނގި އެކްސިޑެންޓްގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވި އެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުން އަނބުރައިލި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާއަކީ ބާރަށް ދުއްވި ސައިކަލްގެ ފަހަތުގައި އިން މީހާ އެވެ.