11 ޖޫން 2017
ވީމީޑިއާގެ ދަށުން ހިންގާ ވީއޮންލައިންގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ އާދަމް އާޒިމް ހައްޔަރުކުރުމުން ލިއުނު ޚަބަރުގެ ސުރިޚީ އޮތް ގޮތާ ބެހޭ ގޮތުން ކަމަށް އޭނާ މިއަދު ބުނެފި އެވެ.
ވީމީޑިއާގެ ދަށުން ހިންގާ ވީއޮންލައިންގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ އާދަމް އާޒިމް ހައްޔަރުކުރުމުން ލިއުނު ޚަބަރުގެ ސުރިޚީ އޮތް ގޮތާ ބެހޭ ގޮތުން ކަމަށް އޭނާ މިއަދު ބުނެފި އެވެ.
ދޮޅު ގަޑިއިރެއްހާއިރު ފުލުހުންގެ އިދާރާގައި ހޭދަކުރި ރިފާއު ބުނީ އޭނާއާ ފުލުހުން ސުވާލުކުރީ "ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އާޒިމް ހައްޔަރުކޮށްފި" މި ސުރުހީގެ ދަށުން ލިޔުނު ހަބަރާ ބެހޭ ގޮތުން ކަމަށެވެ.
ރިފާއުގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، ސައްހަ ލިއުމަކަށް ބަދަލު ގެނައުމުގެ ތުހުމަތު ކަމަށް އޭނާ ބުންޏެވެ.
ގާނޫނުލްއުގޫބާތުގެ އެ މާއްދާގައި ބުނެފައިވަނީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމާއި އެ ލިޔުން ނަކަލު ކުރުމާއި އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށެވެ.
ރިފާއު ބުނި ގޮތުގައި އާޒިމް ހައްޔަރުކުރުމާ ގުޅިގެން ލިޔުނު ހަބަރުގެ ސުރުހީ ލިޔެފައިވަނީ ކޯޓު އަމުރުގައި ބުނާ އެއްޗެއް އާންމުންނަށް އޮޅޭ ފަދަ ގޮތަކަށް ކަމަށް ބުނެ ފުލުހުން އޭނާއާ ސުވާލުކުރި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުކަން ވެސް ކުރަމުން އަންނަ ނޫސްވެރިޔާ ބުނީ އާންމުންނަށް އޮޅުވާލަން ވީމީޑިއާ އިން ހަބަރެއް ނުގެންނާނެ ކަމަށެވެ. އަދި ވީމީޑިއާގައި ޖެހި ސުރުހީ، ރާއްޖޭގެ އެހެން މީޑިއާތަކުގައި ވެސް ޖެހި ކަމަށް އޭނާ ބުންޏެވެ.
"އެ ސުރުހީގެ ދަށުން ހައެއްކަ މީޑިއާ އިން ހަބަރު ގެނެސް ދިން. އެކަމަކު އަޅުގަނޑު ގެންގޮސް މި ސުވާލު ކުރީ،" ރިފާއު ބުންޏެވެ.
"އަޅުގަނޑު ވާނީ ފުލުހުން ކުރި ސުވާލުތަކަށް ބަޔާނެއްގެ ގޮތުގައި ޖަވާބު ދީފައި."
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
މީޑިއާގެ އަސާސްތައް ކުރިއަރުވައި ގުޅުންބާއްވާނަން: ސީޕީ
މީޑިއާއަށް ޓެކްނޮލޮޖީ ތައާރަފްކުރަން އެހީވާނަން: މަލީހް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކަށް ދައުވާއެއްނުކުރާނެ
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
އަހަރެން ހޭނެތުނީ ފުލުހުންގެ އަނިޔާތަކުން: ހުސައިން
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން