Roadha Mihaaru
ޓެރަރިޒަމާ ގުޅޭ ކަރުދާސް ދިރާސާ ކުރަން ކޮމެޓީއަަކަށް

ޓެރަރިޒަމާ ގުޅޭ ކަރުދާސް ދިރާސާ ކުރަން 11 މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވައިފި

21 ޖޫން 2016

ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަރުދާސް އިތުރަށް ދިރާސާ ކުރުމަށް 11 މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަރުދާސް އިތުރަށް ދިރާސާ ކުރުމަށް 11 މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދުގެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމެޓީއެއް އެކުލަވާލަން 38 މެމްބަރަކު ވޯޓުދެއްވި އެވެ. މި ހުށަހެޅުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރަކު އިންނެވި އެވެ.

މި ހުށަހެޅުން ފާސްވުމާ ގުޅިގެން 11 މެމްބަރުން ހިމެނޭ ކޮމެޓީއަށް ރުހުން އޮތްތޯ ވެސް ވޯޓަށް އެހި އެވެ. އެގޮތުން ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި މި ކޮމެޓީއަށް 39 މެމްބަރުން ރުހުން ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރަކު މަޖިލީހުގައި އިންނެވި އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ނިހާނުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ކުޅުދުއްފުށީ އެމްޑީޕީ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފާއި ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ އާއި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލު އުސްމާނާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާއި ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދު އަދި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި: ޓެރަރިޒަމާ ބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ކަރުދާހަށް ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައި.

ދިވެހި ހަނގުރާމަވެރިއަކު ސީރިއާގައި: ޓެރަރިޒަމާ ބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ކަރުދާހަށް ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައި.

ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހިމެނޭ ކަރުދާހަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ އެކަން ހުއްޓުވަން ހުރިހާ އެންމެން އެއްގަލަކަށް އަރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކަރުދާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ޓެރަރިސްޓް ހަރަކާތްތަކަކީ މުޅި ދުނިޔެއަށް ހުއްޓިފައި ނުވާ ސީރިއަސް މައްސަލައެއްކަން މެމްބަރުންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ކަރުދާހުގައިވާ ގޮތުން ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ޓެރަރިޒަމާ ދެކޮޅު ޕްލޭނެއް އެކުލަވާލުމާއި މުއައްސަސާތަކުން އެއްކޮށްފައި ހުރި ޖާސޫސީ މައުލޫމާތުތައް ދިރާސާކުރުމާއި ބަނދަރުތަކާއި އެއާޕޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ހިންގުމާއި ރާއްޖެ އަންނަ ބޭރު މީހުންގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކާތައް ދެނެގަތުމާއި ގައުމީ ސަލާމަތާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެ އެވެ.