20 ޖޫން 2016
އަދުލު އިންސާފު ނެތް ތަނެއްގައި ޓެރަރިޒަމްގެ ހަރަކާތްތަކާއި ހައްދުފަހަނައަޅާ ދިއުން އިތުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އަދުލު އިންސާފު ނެތް ތަނެއްގައި ޓެރަރިޒަމްގެ ހަރަކާތްތަކާއި ހައްދުފަހަނައަޅާ ދިއުން އިތުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހިމެނޭ ކަރުދާހަށް ބަހުސްކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ސިޔާސީ ގޮތުން ކުރާ ކަންކަމުގައި ގައުމުތައް ޓެރަރިޒަމްގެ ތެރެއަށް ވަންނަނީ އަދުލު އިންސާފާއި ހަމަހަމަކަން ނެތުމުން ކަމަށެވެ.
"އެ ގައުމެއްގައި އަދުލު އިންސާފު ނެތި ހިނގައްޖެ ނަމަ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ފެނޭ ޓެރަރިޒަމްގެ އަމަލުތަކަށް ވަދެގެންދާ ތަން،" ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީނުގެ ނަން ކިލަނބުކުރަން އަދާވާތްތެރިން ކުރާ މަސައްކަތަށް ދިވެހި ދައުލަތުން އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ގުޅޭ ސިޔާސަތެއް އެކުލަވާލައި ގައުމީ ސަލާމަތުގެ ބިލު ހެދުން ލަސްވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނަ އެޅުން ހުއްޓުވަން ދީނީ ހޭލުންތެރިކަން ބޮޑުކުރަން ޖެހޭ ކަމަށާއި އަދުލު އިންސާފާއި ހަމަޖެހުން ގާއިމްކޮށްގެން ނޫނީ ހައްދުފަހަނަ އެޅުން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވަން އެންމެން އެއްބާރުލުން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ގައުމެއްގައި އަދުލު އިންސާފު ނެތި ހިނގައްޖެނަމަ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ފެނޭ ޓެރަރިޒަމްގެ އަމަލުތަކަށް ވަދެގެންދާ ތަން. --ދީދީ
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޝަރުއީ ދާއިރާގައި ތިއްބަވާ ފަނޑިޔާރުންނަށް ޓެރަރިޒަމަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށެވެ. އެގޮތުން ޓެރަރިޒަމާ ގުޅޭ ހުކުމްތައް މިހާތަނަށް ކޮށްފައި ވަނީ ސިޔާސީ ލީޑަރުންގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް: ޓެރަރިޒަމްގެ ގާނޫނު މުރާޖައާކުރަން ގޮވާލެއްވި - ފޮޓޯ: މަޖިލިސް
"ޓެރަރިޒަމްގެ ގާނޫނު ތަންފީޒުވެގެން މިދަނީ ވަރަށް ބޮޑަށް ސިޔާސީ މީހުންނަށް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވަނީ ޓެރަރިޒަމްގެ ގާނޫނު އަލުން މުރާޖައާ ކުރަން ގޮވާލައްވައިފަ އެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ޓެރަރިޒަމް ހުއްޓުވަން ކަމަށްވާ ނަމަ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އާންމުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
"ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސިއްރުކުރުމުގެ ސަބަބުން ގާނޫނުގައި ފާހަގަކޮށްފައި ހުރި މަހްފޫމް ގެއްލިގެން ދިޔައީ، އެހެންވީމަ މިއީ ވެސް ބަހުސް ކުރަން ޖެހޭ ކަމެއް،" ރިޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން ސިފައިންނާއި ފުލުހުންގެ ހުންނަން ޖެހޭނެ ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނަމަ ގައުމީ ސަލާމަތާ ގުޅުން ހުރި މުއައްސަސާއަކުން ބޯޑު އޮފް ކޮންޓްރޯލްގެ ކަންކަން ބަލަހައްޓަން ޖެހޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!
ޓެރަރިޒަމާ ގުޅޭ ކަރުދާސް ދިރާސާ ކުރަން ކޮމެޓީއަަކަށް
ޓެރަރިޒަމް ހުއްޓުވަން ހުރިހާ މެމްބަރުން އެއްގަލަކަށް
ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުން ކުށަކަށް ހަދަނީ
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ރިފްއަތު ރާއްޖޭގައި ނެތުމުން ޝިޔާމް ފާޑު ކިޔައިފި
ޓެރަރިޒަމް ގާނޫނުގައި ބޮޑެތި ހައްގުތަކެއް ނުހިފަހައްޓަން
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ހަނގުރާމަވެރިން ބަންދުކުރަން ވަގުތީ މަރުކަޒުތައް ހަދަނީ