06 ޖޫން 2017
މިއީ އެންމެފުރަތަމަ، އާންމުންގެ ތެރޭގައި ލަވަކިޔަން ލަދުގަންނާތީ އެ ހުނަރު ދައްކާލަން ނުކެރި ފިލައިގެން އުޅުނު ފަންނާނެކެވެ. މަޖީދިއްޔާ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އޭނާގެ ލަވަކިޔުމުގެ ހުނަރުވެރިކަން ފާހަގަކުރެވިގެން އޮޑިޝަންތަކަށް ދައުވަތު ދިނުމުން ވެސް އެންމެ ފަހު ވަގުތު އަބަދުވެސް ޕާފޯމްނުކޮށް ފިލައިގެން ދިޔައީ އެވެ.
މިއީ އެންމެފުރަތަމަ، އާންމުންގެ ތެރޭގައި ލަވަކިޔަން ލަދުގަންނާތީ އެ ހުނަރު ދައްކާލަން ނުކެރި ފިލައިގެން އުޅުނު ފަންނާނެކެވެ. މަޖީދިއްޔާ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އޭނާގެ ލަވަކިޔުމުގެ ހުނަރުވެރިކަން ފާހަގަކުރެވިގެން އޮޑިޝަންތަކަށް ދައުވަތު ދިނުމުން ވެސް އެންމެ ފަހު ވަގުތު އަބަދުވެސް ޕާފޯމްނުކޮށް ފިލައިގެން ދިޔައީ އެވެ.
ނަމަވެސް މޫޝާން މުބާރަކްގެ ހިތް އޮތީ އޭރު ވެސް މިއުޒިކާއި ލަވައިގެ ކަނޑަށް ގެނބި ޣަރަގުވެފަ އެވެ. އެކުގައި ބޮޑުވި ގޭދޮށު ރައްޓެހިންނާ އެކު ގްރޫޕު ހަދާލައިގެން ފާރުބުރިމަތީގައި ސަޅިކަނޑަން ތިބޭއިރު ގިޓާ ވެސް މާ މޮޅަށް ކުޅެވޭ މީހަކަށް ހެދިގެން އުޅުނީ އެހެންވެގެންނެވެ.
މިއުޒިކްގެ މާ ބޮޑު ތަރުބިއްޔަތެއް އޭރު ލިބިފައި ނެތަކަސް މޫޝާނަކީ އޭރު ވެސް އެންމެ ހިތްގައިމު އަޑުގެ ވެރިޔާއެވެ. ސްކޫލްގެ އޮޑިޝަންތަކުގައި ލަވަކިޔަން ނުކެރުނަސް އެކުވެރިންނާ އެކު ޖެހި ސަކަރާތުގައި އެންމެ ގަދަ އަށް ނުވަތަ އެންމެ ބާރަށް ލަވަކިޔައިއުޅުނީ ވެސް އޭނާ އެވެ.
މިހެން އުޅެނިކޮށް އޭނާގެ ބައްޕަ އަށް މި ހުނަރުވެރިކަން ފާހަގަކުރެވިގެން ވިންޓޭޖު ބްރޭންޑްގެ އެކޯސްޓިކް ގިޓާއެއް ހޯދައިގެން ގެނެސްދިން ދުވަހަކީ މޫޝާންގެ ހަޔާތް އެއްކޮށް ބަދަލުކޮށްލި ދުވަހެވެ. އެންމެ ފުރަތަމަ އޭނާ ކުޅެން ދަސްކުރި އެއް ލަވަ އަކީ ޕާލް ޖޭމްގެ "ލާސްޓް ކިސް" އެވެ.
އޭގެ ފަހުން މިހާރު ބާރަވަރަކަށް އަހަރުވީ އެވެ. މިއަދު މޫޝާން މުބާރަކީ ދިވެހިން ފަހުރުވެރިވާ ފެންވަރުގެ މިއުޒީޝަނެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހުނަރުވެރިކަން ދައްކައި އެތައް ބައެއްގެ މަގްބޫލުކަމާއި ލޯބި ހާސިލުކޮށްފައިވާ މި ލަވަކިޔުންތެރިޔާ އަކީ ޔަގީނަށް ވެސް ރާއްޖެއިން މިވަގުތު ހޮވާލެވޭނެ އެންމެ ޑިސިޕްލިންޑް އަދި ހާޑްވޯކިން ސޯލޯ އާޓިސްޓެވެ.
"ލަވައެއް ހިޓެއް" ގެ ތިން ވަނަ ސެގްމަންޓުގައި މޫޝާން ހުށަހަޅައިދޭނީ އޭނާ ތަރިއަކަށް ބަދަލުކޮށްލި "ރީތިކަން" އެވެ.
ލަވައެއް ހިޓެއް: ޝިއުޒާއި ސަންފާގެ ދިޔަ
ލަވައެއް ހިޓެއް: މެޒޯގެ އުޑުން ނުއޮއްސުނު ތަރި
ލަވައެއް ހިޓެއް: އީމާންގެ މޮހޮރު
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި
ދިވެހި ލަވައެއްގައި މަލިކުގެ ފަންނާނުން
"ފެނި ފަތިހު ފިނީ"ގައި ޝަމްވީލް
ފެޒޫ އެންމެފަހުން މިވީ އެންމެ މޮޅު އަންހެން ކެޔޮޅަށް!
ބުރުގާ އަޅާނެ ކެޝުއަލް ސްޓައިލްތަކެއް