28 މެއި 2017
ޒުވާނުންގެ މެދުގައި "ދެތިކި ޕީ" ގެ އިމޯޖީ މިއުޒިކާ ގުޅުވައިގެން އެއަށް ވުރެ މަޖާ "އިހްސާސަކަށް" ބަދަލުކޮށްލަދިން އާޓިސްޓަކީ ޔަގީނަށް ވެސް މިއީ އެވެ. އުމުރުން މިހާރު 30 އަހަރުވެފައިވާ އީމާން ތައުފީގުގެ މިއުޒިކީ ކުޅަދާނަކަމާ އެއްވަރުގެ މަގުބޫލުކަމެއް އާންމުންގެ މެދުގައި އޭނާ އަށް ލިބިގެން ދިޔައީ ކުރީގެ ބޭންޑް ވަން ނައިޓް ސްޓޭންޑާ އެކު ނެރުނު "ދެ ތިކިޕީ" ލަވައިންނެވެ.

އެއަށް ފަހު ތަފާތު އެތައް އިހްސާސެއްގެ ލަވަތަކެއް އޭނާ ގެނެސްދީފި އެވެ. ވަން ނައިޓް ސްޓޭންޑް އާއި މިހާރު ލީޑް ވޯކަލިސްޓެއްގެ ގޮތުގައި ކުޅެމުން އަންނަ އީމާންސް ކޮންސްޕިރެސީއާ އެކު ދެ އަލްބަމެއް މިހާތަނަށް ނެރެފައިވާއިރު އަމިއްލަ ރާގުގެ 100 އަށް ވުރެ ގިނަ ލަވަ އޭނާ އުފައްދައިފި އެވެ އޭގެ ތެރެއިން ގިނަ ލަވަތައް އަދިވެސް ކުރިއަށް ހުރީ އެވެ.
އާންމު ދިރިއުޅުމުގައި ގެންގުޅޭ ސަކަ މިޒާޖާ އެއްވަރުގެ ސީރިއަސްކަމެއް ވެސް ލަވަތަކުން ދައްކަމުން އަންނަ މި ފަންނާނެއްގެ އެންމެ ހާއްސަ ސިފައަކީ ލަވަހެދުމުގެ ހުނަރެވެެ. އަނެއްކޮޅުން ބަލާއިރު މިއީ ރޮކްސްޓާރުން މަދު ދިވެހި މިއުޒިކްގެ އިސްޓޭޖަށް ލިބިފައިހުރި ކުޅަދާނަ ރޮކްސްޓާރެއް ވެސްމެ އެވެ.
"ލަވައެއް ހިޓެއް" ގެ ފުރަތަމަ ސެގްމަންޓަށް އީމާން ހޮވި ލަވައަކީ "މޮހޮރު" އެވެ. މިއީ އީމާންސް ކޮންސްޕިރެސީގެ އަލަތު އަލްމަބް "އީމާންސް ކޮންސްޕިރެސީ" ގައި ހިމެނޭ އެންމެ "ހިޓު" އެއް ލަވަ އެވެ. އަދި އީމާން ބުނާ ގޮތުން ނަމަ އޭނާގެ 17 އަހަރުވީ މިއުޒިކީ ހަޔާތުން ވެސް ހޮވާލެވޭނެ އެންމެ ހާއްސަ އެއް ލަވަ އެވެ.
"މޮހޮރު" ގެ މި ވާޝަން އާއި ލަވައިގެ ވަރުގަދަ މެސެޖުގައި ބުނަނީ ކީކޭތޯ ފޮރުވިފައި ވަނީ ވީޑިއޯގަ އެވެ.
ލަވައެއް ހިޓެއް: ޝިއުޒާއި ސަންފާގެ ދިޔަ
ލަވައެއް ހިޓެއް: މެޒޯގެ އުޑުން ނުއޮއްސުނު ތަރި
މަޝްހޫރު ލަވަކިޔުންތެރިޔާ ދޮން މޫސަ ނިޔާވެއްޖެ
މިހާރު ބަދިގެ: ޓޮމް ޔަމް ގޫންގް
މިހާރު ބަދިގެ: ޔަމް ޓަކްރާއީ ގޫންގް
މިހާރު ބަދިގެ: ޗޮކްލެޓް ލާވާ ކޭކް
މިހާރު ބަދިގެ: ސިޓްރޯން ސްޕައިސް ޗިކަން ޕީޓާ
މިހާރު ބަދިގެ: ސިޓްރޮން ކެރީބިއަން ބީފް ކަރީ
މިހާރު ބަދިގެ: ގުލާބު ޖާމް
ލަވައެއް ހިޓެއް: މޫޝާންގެ "ރީތިކަން"