Roadha Mihaaru
ކާބުލްގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް 20 މަރު

ކާބުލްގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް އެއްޗެއް ގޮއްވާލާ 20 މަރު

03 ޖޫން 2017

ކާބުލް (ޖޫން 3) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ގަބުރުސްތާނެއްގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް އެއްޗެހިތަކެއް ގޮއްވާލުމުގެ ސަބަބުން 20 މީހުން މަރުވެ 35 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (ޖޫން 3) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ގަބުރުސްތާނެއްގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް އެއްޗެހިތަކެއް ގޮއްވާލުމުގެ ސަބަބުން 20 މީހުން މަރުވެ 35 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފި އެވެ.

ހުކުރު ދުވަހު ކުރި މުޒާހަރާގައި މަރުވި ސެނޭޓަރު މުހައްމަދު އާލަމް އިޒްދީރުގެ ދަރިފުޅުގެ ޖަނާޒާގައި އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އޭނާ އަށް ގެއްލުމެއް ނުވެ އެވެ.

މަންޒަރު ދުށް މީހުން އޭއެފްޕީ އަށް ބުނީ ޖަނާޒާ ކުރިއަށް ދަނިކޮށް ގޮއްވާލި އެއްޗެހިތަކުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑުގެ ބައިތައް ނެއްޓި ބުރައިގެން ދިޔަ ކަމަށެވެ.

ހުކުރު ދުވަހު މުޒާހަރާ ބާއްވާފައި ވަނީ އަފްޣާނިސްތާނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެދި ގޮވާލުމަށެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ވަނީ ފަސް މީހުން މަރުވެފަ އެވެ. އަފްޣާނިސްތާން ސަރުކާރުން ވަނީ މުޒާހަރާތަކަށް ނުނިކުތުމަށް ގޮވާލައިފަ އެވެ. ސަބަބަކީ ހަނގުރާމަވެރިން މުޒާހަރާތަކަށް ވަދެ އިތުރު ހަމަނުޖެހުން ހިންގަފާނެތީ އެވެ.

އަފްޣާނިސްތާނުގެ ޑިޕްލޮމެޓިކް އޭރިއާގައި ބުދަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 90 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.