29 މެއި 2017
ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމަށް ސަލާމުވާން އިނގިރޭސި ވިލާތުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.
ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމަށް ސަލާމުވާން އިނގިރޭސި ވިލާތުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވާން ޖެހެ އެވެ. ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގިނައިން އުޅޭ ތަންތަނަށް ހަމަލާތައް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މި އެޑްވައިޒަރީގައި ލިޔެފައިވެ އެވެ.
ވެބްސައިޓުގައި ބުނީ ފަހަކަށް އައިސް އިނގިރޭސީންނަށް އަމާޒުކޮށްފާނެ ޓެރަރިސްޓު ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. މިއީ، އިރާގާއި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމަށާއި އެކަމަށް ސަމާލުވާން ވެސް އިނގިރޭސި ވިލާތުގެ ސަރުކާރުން އެދިފައިވެ އެވެ.
އަދި އެ ގައުމުގެ ސިއްހީ އިދާރާތަކާ ހަވާލާދީ، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރުމުގެ ބިރުއޮތް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. މި ބަލި ޖެހިއްޖެ ނަމަ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ވެސް ސަމާލުވާން އެދިފައިވެ އެވެ.
ޔޫކޭގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑު ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ސަމާލުވާން އެދިފަ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް އެ ދެ ގައުމުން ކަނޑައަޅާފައިވާ އިރު، އެފަދަ ހަމަލާތަކުން ސަލާމަތްވާން ގައުމީ ސިޔާސަތެއް އެކުލަވާލައި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ދީނީ ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް އެ ސެންޓަރު އޮތީ ސަމާލުވެގެން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެއާއެކު މި ސަރަހައްދަށް ޓްރެވެލް އެޑްވައިޒަރީ
ހުޅުމާލޭގެ ހަމަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
"ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި ވަކި ބޮޑެއް ނޫން"
ގެއްލުނު ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ
"ބޮޑެތި މާކެޓްތަކުގެ ހަބަރެއް ނެތި ބޮޑު ކާމިޔާބީއެއް"
ރާއްޖެއަށް ނުދާން ޔޫކޭން ނެރުނު އެޑްވައިޒަރީ އުވާލައިފި
ތާލިބާން ސަރުކާރު ބަލައިގަތުމާމެދު ވަކި ގޮތެއް ނުނިންމާ
ޔޫކޭއިން ރާއްޖެ އަންނަން ހެއްދި ގިނަ ބުކިން ކެންސަލް!
ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
ރިޕޯޓް ނުލިބުނަސް ދިރާސާ ފަށައިފިން: ސަރުކާރު