27 މެއި 2017
މާދަމާއިން ފެށިގެން މުޅި ރާއްޖޭގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާދަމާއިން ފެށިގެން މުޅި ރާއްޖޭގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރޯދައާ ގުޅިގެން ދައްކަން ފަރުލު މި ޒަކާތް ރަށްރަށުގައި ބަލައިގަންނާނީ ކައުންސިލްތަކުންނެވެ. މާލޭގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ހެނދުނު 1030 އާއި މެންދުރު 1:00 އާ ދެމެދު ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެޗުޑީސީންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނެ ވަކި ތަނެއް މިނިސްޓްރީގެ އިއުލާންގައި ބުނެފައެއް ނުވެ އެވެ.
އިސްލާމިކް މިނިސްޓްރީ ފިޔަވައި އެހެން ތަންތަނުން ފިތުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން 22 އެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީގައި ޖޫން 24 އާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެންވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. އެގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 16ރ، ތައިލެންޑް ހަނޑުލުން ނަމަ 55ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 80ރ. އެވެ.
ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މާލޭ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ފިތުރު ޒަކާތް ބަހަނީ ފަގީރުންނަށެވެ. މިދިއަ އަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8،000ރ.
މާދަމާއިން ފެށިގެން ގޮވާމުން ޒަކާތް ބަހަނީ
ޒަކާތަށް މާލެއިން 5.5 މިލިއަން ރުފިޔާ ލިބިއްޖެ
ފިތުރު ޒަކާތަށް މާލެއިން 6.7 މިލިއަން ރުފިޔާ
މިހާތަނަށް ޒަކާތް ދެއްކި މީހުންގެ އަދަދު މަދު: ޒާހިރު
ފިތުރު ޒަކާތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ
ޒަކާތް ބަހަންޖެހޭނީ އަލުން ހަދާ ލިސްޓަކަށް: ޝަހީމް
މީހަކަށް 1250ރ. ގެ މަގުން ޒަކާތް ބަހަން ފަށައިފި
ގޮވާމުން ޒަކާތް ބަލައިގަންނަން ފަށައިފި
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި