މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން އިސްލާމިކް މިނިސްޓްރީން، ފުރަތަމަ ފަހަރަށް، އުސޫލެއް އެކުލަވާލައިފި އެވެ.
25 މެއި 2017
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން އިސްލާމިކް މިނިސްޓްރީން، ފުރަތަމަ ފަހަރަށް، އުސޫލެއް އެކުލަވާލައިފި އެވެ.
މިދިއަ އަހަރު ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ބައެއް ސޮދަގާތު ފައުންޑޭޝަނުން ބަހައިގެން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
މިިދިޔަ އަހަރުގެ ރޯދަ މަހު ވެސް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުުރިއިރު އެވެ. އޭގެ ތެރެއިން 500 ކަދުރު ފޮށި ބެހީ މުލިއާގެ މެދުވެރިކޮށް، ސޮދަގާތު ފައުންޑޭޝަނުންނެވެ. ނަމަވެސް މުލިއާގެ މެދުވެރިކޮށް ކަދުރުތައް ބެހުމުގައި ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އުސޫލުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދޭން ޖެހެ އެވެ. ސިޓީތަކުގެ ގޭބިސީތައް ކަނޑައަަޅަން ޖެހޭނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުންނެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން ކަދުރު ބަހާނީ އާއްމުކޮށް އިއުލާނުކޮށްގެން، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ މުއައްސަސާތަކާ ހަވާލުކޮށްގެންނެވެ. އަދި ކަދުރު ބަހަން ޖެހޭނީ ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއްގެ ގޮތުގަ އެވެ.
ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 2:00 އަށް ކައުންސިލްތަކަށް ދޫކުރާނެ ކަމަށެވެ.
ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހަނީ
އައްޑު އަށް ބަހަން ލިބުނީ 2،675 ކަދުރު ޕެކެޓު
ސައޫދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
އުލިގަމުގައި ކަދުރު ގެންދާނެ ބަޔަކު ނުވި
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ރޯދަ ވީއްލުން ދޭ ޖަމްއިއްޔާތަކަށް ވެސް ކަދުރު ލިބޭނެ
ސައުދީ އިން ހަދިޔާކުރި ކަދުރު ބަހަނީ
ސައުދީން ދިން ކަދުރު އާދިއްތަ ދުވަހު ބަހަން ފަށަނީ
ފަގީރުންނަށް ދީފައި، 100 ގެއަށް 26 ޕެކެޓް ކަދުރު