Roadha Mihaaru
ހުޅުމާލޭގެ ޝޮޕިން މޯލްގެ ފިހާރަތައް ހަވާލުކޮށްފި

ހުޅުމާލޭގެ ޝޮޕިން މޯލްގެ ފިހާރަތައް ކުއްޔަށް ހިފި ފަރާތްތަކާއެކު ސޮއިކޮށްފި

17 މެއި 2016

ހުޅުމާލޭގައި އަލަށް ހެދި "ސެންތްރޯ" މޯލްގެ ފިހާރަތައް ކުއްޔަށް ހިފި ފަރާތްތަކާއެކު ކުލީގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި އަލަށް ހެދި "ސެންތްރޯ" މޯލްގެ ފިހާރަތައް ކުއްޔަށް ހިފި ފަރާތްތަކާއެކު ކުލީގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓާ ކުންފުނިން ބުނީ ސެންތްރޯ މޯލް އިން ފިހާރަތައް ކުއްޔަށް ހިފި ފަރާތްތަކާއެކު އެ ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކަމަށެވެ. އެގޮތުން ޖުމްލަ 17 ފަރާތަކާއެކު މިއަދު ސޮއިކުރި ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި އަލަށް ހެދި ސެންތްރޯ މޯލްގެ ފިހާރައެއް ކުއްޔަށް ހިފި ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން (ވ) ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ

ސެންތްރޯ ޝޮޕިން މޯލް އަކީ ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެތަނުގައި ސުޕަ މާކެޓަކާއި ގޭތެރެއަށް ބޭނުންވާ ސާމާނާއި އަންނައުނާއި އިލެކްޓްރޯނިކްސް އަދި ސެލޫނާއި ރެސްޓޯރަންޓާއި ބޭކަރީ ފަދަ ފިހާރަތައް ހިމެނެ އެވެ. މީގެ އިތުރުން ބޭންކިންގެ ހިދުމަތް ދިނުމަށް އިސްލާމިކް ބޭންކުގެ ބްރާންޗެއް ވެސް އެތަނުގައި ވަނީ ހަދައިފަ އެވެ.

ހުޅުމާލޭގައި އަލަށް ހެދި ސެންތްރޯ މޯލްގެ ފިހާރައެއް ކުއްޔަށް ހިފި ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން (ވ) ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އަލަށް ހެދި ސެންތްރޯ މޯލްގެ ފިހާރައެއް ކުއްޔަށް ހިފި ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން (ވ) ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެ މޯލްގެ ހުރިހާ ކަމެއް ނިމި، އަންނަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.