28 އެޕްރީލް 2017
ސޮނީ ހާޑްވެއާ އާއި ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި ޝޮޕިން ކޮމްޕްލެކްސް އެޅުމަށް ނިންމައި އެ ފަރާތްތަކާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސޮނީ ހާޑްވެއާ އާއި ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި ޝޮޕިން ކޮމްޕްލެކްސް އެޅުމަށް ނިންމައި އެ ފަރާތްތަކާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ސޮނީ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމް އެވެ. ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު އެވެ.
އެޗްޑީސީން ބުނިގޮތުގައި ސޮނީ ހާޑްވެއާ އިން ހުޅުމާލޭގައި އިމާރާތްކުރާ ހަ ބުރީގެ މަލްޓި ސްޓޯރީ ޝޮޕިން ކޮމްޕްލެކްސް އަޅާނީ ރެހެންދި ސްކޫލް ކައިރީގަ އެވެ. އަންނަ އަހަރުގެ މެދުތެރޭގައި މަސައްކަތް ނިމޭ މި ޝޮޕިން ކޮމްޕްލެކްސް ހާއްސަ ކޮށްފައި ވަނީ ހާޑްވެއާގެ ސާމާނަށެވެ.
ހުޅުމާލޭގައި ދެ ބުރީގެ ޝޮޕިން ކޮމްޕްލެކްސް އެއް އެޅުމުގެ އެއްބަސްވުމުގައި ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓާ އެކު އެޗްޑީސީން ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ.---އެޗްޑީސީ ފޮޓޯ
ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓުން ކޮމާޝަލް ކޮމްޕްލެކްސް އިމާރާތް ކުރަނީ ހުޅުމާލޭގެ ފެރީ ޓާމިނަލްގެ އުތުރުން ބީޗް ސަރަހައްދުގަ އެވެ. ދެ ބުރީގެ މި އިމާރާތުގައި ޗޭންޖިން ރޫމްތަކާއި ފާހާނާ އާއި ޅަދަރި މައިންގެ ކޮޓަރި އާއި ނަމާދުކުރާ ކޮޓަރިތަކާއި ފްރީ ވައިފައި އަދި އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުރަވަޅި އިންވެސްޓްމަންޓްސް އިން އިމާރާތްކުރާ ކޮމާޝަލް ކޮމްޕްލެކްސްގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.
ހުޅުމާލޭގެ ޝޮޕިން މޯލްގެ ފިހާރަތައް ހަވާލުކޮށްފި
ކޮފީ ޝޮޕުން ފެންނަ ދެ މިލިއަން ޑޮލަރުގެ އޮޅުވާލުން!
ސީ ލައިފްއާ ދެކޮޅަށް އެޗްޑީސީން ފިޔަވަޅު އެޅި
ސައިމަން އެޗްޑީސީން ވަކިކޮށް، ޖީއެމްއައިޒެޑް ކުންފުންޏަށް
ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ
25 ބުރީގެ 16 ޓަވަރުގެ ބޮޑު ބައި މިއަހަރު ނިމޭނެ
ސައިމަންގެ ކާރާއި އެޕާޓްމަންޓަށް ގެއްލުންދީފި
އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ
ހުޅުލެ-ހުޅުމާލެ ލިންކް ރޯޑު ހިއްކައި ނިންމައިފި
އަނދިރިކަމުގައި އޮތް ހުޅުމާލެ އަލިކުރަން ޖެހިފައި!