Roadha Mihaaru
ފިޔަވައްޗަށް އެމްޑަބްލިޔުއެސްސީން ނުވަ އޭސީ ދީފި

ފިޔަވައްޗަށް އެމްޑަބްލިޔުއެސްސީން ނުވަ އޭސީ ދީފި

19 ޖޫން 2016

ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" އަށް އެމްޑަބްލިއުއެސްސީން މިއަދު ނުވަ އޭސީ ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" އަށް އެމްޑަބްލިއުއެސްސީން މިއަދު ނުވަ އޭސީ ހަދިޔާކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަަޝީދު ވަނީ، ފިޔަވަތި ބަލަހައްޓަމުން އަންނަ ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބާ އޭސީތައް ހަވާލުކުރައްވައިފަ އެވެ.

ހަދިޔާކުރި އޭސީތައް ހަރުކުރުމުގެ ހުރިހާ ހަރަދެއް ވެސް ކުރާނީ އެމްޑަބްލިއުއެސްސީން އެވެ. މި ހުރިހާ ކަމަކަށް 80،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށާއި މި ހަފުތާގެ ތެރޭގައި އޭސީތައް ހަރުކޮށް ނިންމާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެމްޑަބްލިއުއެސްސީން އޭސީ ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ (ވ-2) އަށް ވާހަކަދައްކަވަނީ. --ފޮޓޯ:އެމްޑަބްލިއުއެސްސީ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެމްޑަބްލިއުއެސްސީން އޭސީ ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ (ވ-2) އަށް ވާހަކަދައްކަވަނީ. --ފޮޓޯ:އެމްޑަބްލިއުއެސްސީ

"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަކީބު ވިދާޅުވީ ކުޑަކުދިން ހިޔާ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން މަދުވުން ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ފިޔަވައްޗަކީ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބެލެޖެއްޓުމަށް ހާއްސަ މަރުކަޒެކެވެ. ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިއެއްގެ ޚަރަދުގައި އަޅައިދިން އެ މަރުކަޒު ހުޅުވާފައި މިއަހަރުގެ ފެބްރުއަރީ މަހު އެވެ.