03 މެއި 2017
ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ފަސް ކޮލެޖަކާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ފަސް ކޮލެޖަކާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
"ބީއެމްއެލް ޕްރޮސްޕެކްޓް- ކަނެކްޓިން ޓެލެންޓް ވިތު އޮޕަޗުނިޓީ" ގެ ނަމުގައި ހިންގާ ޕްރޮމްރާމުގައި ފަސް މަރުކަޒަކާ އެކު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، މަތީ ތައުލީމް ހާސިލްކޮށް ނިންމާ ދަރިވަރުން ވަޒީފާގެ މާހައުލަށް ނިކުތުމަށް ބޭނުންވާނެ އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ އެވެ. ބޭންކްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.
ބީއެމްއެލް އިން ބުނީ އެ އެއްބަސްވުމުގެ ދަށުން، ކޮލެޖްތަކުގައި ކިޔެވުމުގެ އެންމެފަހު އަހަރުގެ ދަރިވަރުންނަށް ވަޒީފާގެ ބާޒާރަށް އަހުލުވެރިވުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ދައްކާ ދަރިވަރުންގެ ތެރެއިން ބޭންކިން ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް ބޭންކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މަތީ ތައުލީމާއި ތަމްރީނުދޭ ފަސް ކޮލެޖަކާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ (ވ-3) އަދި ކޮލެޖްތަކުގެ އިސްވެރިން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މީގެ އިތުރުން، އެއްބަސްވުމުން ގާއިމުކުރި ފަސް ކޮލެޖުގައި ކުރިޔަށް ގެންދާ ބައެއް ކޯސްތަކަށާއި ކެރިއަ ގައިޑެންސް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކާ އެކު އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، އެވިޑް ކޮލެޖް، ކްލީކް ކޮލެޖް، މެޕްސް ކޮލެޖް އަދި ވިލާ ކޮލެޖުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި މި ފަސް މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސްކަތްކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ކޮލެޖް ނުނިމެނީސް، ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު އެއީ ހުނަރުވެރި ބަޔަކަށް ހެދުމަށް އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރުމަށް. އަދި 'ބީއެމްއެލް ޕްރޮސްޕެކްޓް' ގެ ސަބަބުން ދަރިވަރުން ގްރެޖުއޭޓްވާއިރު އެ ކުދިންނަކީ ވަޒީފާގެ މާހައުލަށް ބޭނުންވާނެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ ކުދިންކަން ޔަގީން ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތްތައް ފުޅާކުރުމަށާއި މި މަރުހަލާގެ ތެރޭގައި 150 ވަޒީފާ އަލަށް އުފެއްދުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާނެ ކަމަށް އެ ބޭންކުން ވަނީ އިއުލާންކޮށްފަ އެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީ ރީބްރޭންޑް ކޮށްފި
އެވިޑާއި ކްލިކް ކޮލެޖަށް ހަރުކަށި ފިޔަވަޅު އަޅައިފި
މެޕްސް ކޮލެޖް ޓްރިވިއާ ކުއިޒުން މޮޅުވެގެން ހިލޭ ކޯހެއް
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
މަތީ ތައުލީމުގެ ފެންވަރާ މެދު ސުވާލު!
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
މެޑިކަލް ސްކޫލްގައި ކިޔަވަން ބޭރުގެ 500 ރިކުއެސްޓު
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
އިންޓީރިއާ އާކިޓެކްޗާ އެގްޒިބިޝަން ބާއްވައިފި