02 މެއި 2017
ކޮލަމްބޯ (މެއި 2) - ރޮހިންޖާ މުސްލިމް ރެފިއުޖީންގެ 32 މީހަކު ސްރީ ލަންކާ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.
ކޮލަމްބޯ (މެއި 2) - ރޮހިންޖާ މުސްލިމް ރެފިއުޖީންގެ 32 މީހަކު ސްރީ ލަންކާ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.
ލަންކާ ކަނޑުގެ ސިފައިންގެ ތަރުޖަމާން ޗަމިންދާ ވަލަކުލުގެ ވިދާޅުވީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޯޓެއް ކޯސްޓްގާޑުން ޕެޓްރޯލް ކުރުމަށް ފަހު، އޭގައި ތިބި ރެފިއުޖީންނާއި އެ މީހުން ޓްރެފިކް ކުރަން އުޅުނު އިންޑިއާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއަންމާގެ 30 ރެފިއުޖީންގެ ތެރޭގައި 16 ކުޑަ ކުދިން ވެސް ހިމެނެ އެވެ. މީގެ ތެރޭން އެއް ކުއްޖަކަށް 15 ދުވަސް އަދި އަނެއް ކުއްޖަކަށް ހަތަރު މަސްވެފައިވާ ކަމަށް ވެސް ލަންކާ ކަނޑުގެ ސިފައިން ބުނެފައިވެ އެވެ. ރެފިއުޖީން ވަގަށް އެތެރެ ކުރަން އުޅުނީ އިންޑިއާގެ ދެ މީހެކެވެ. އެ ދެ މީހުން މިހާރު ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށް ވެސް ވަލަކުލުގެ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި އަސްކަރީ އޮޕަރޭޝަނެއް ފެށި ފަހުން އެތައް ހާސް ރޮހިންޖާ މުސްލިމް ރެފިއުޖީނެއް ވަނީ އެ ސްޓޭޓް ދޫކޮށް ގޮސްފަ އެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނެފައި ވަނީ މިއަންމާ އިން ދަނީ ރޮހިންޖާ މުސްލިމުންގެ ނައްތާލަން މަސައްކަތް ކުރަމުން ކަމަށެވެ.
ރަކީންގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކީންގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކީންގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޖާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
ލަންކާ ސިފައިން ރޮހިންޖާއިންގެ ބަޔަކު ސަލާމަތްކޮށްފި
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ
މުސްލިމުން މެރިކަމަށް މިއަންމާ ސިފައިން އެއްބަސްވެއްޖެ
މިއަންމާގައި ދީނީ ގޮތުން ތަފާތު ނުކުރާ ކަމަށް ސިފައިން ބުނެފި
ސިފަކޮށްދެވޭ ވަރަށް ވުރެ ރޮހިންޖާގެ ހާލަތު ދަށް:މަޖީދު
ރޮހިންޖާ މީހުންނަށް ހަމަލާދިން ހާމުދުރުންނަކީ ޖަނަވާރުން
ރޮހިންޖާގެ އެހީގެ ޝިޕްމަންޓަކަށް ބުޑިސްޓުން ހުރަސް އަޅައިފި
ރޮހިންޖާއަށް އެހީވާން މީޑިއާ ޓެލެތޯނެއް ފަށައިފި
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ