02 މެއި 2017
ޖުމްހޫރީ ޕާޓީގެ ލީޑަރުު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި އިތުރު ދެ ރަށަކާއި ފަޅެއް ވެސް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި އިތުރު ދެ ރަށަކާއި ފަޅެއް ވެސް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސަރުކާރު ވައްޓާލަން ރޭވުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ ވިލާ ކުންފުންޏަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ސަރުކާރުން 2015 ގައި އަތުލި މައްސަލާގައި ސިވިލް ކޯޓުން ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ އެއްކޮޅަށެވެ. އެކަމަކު ދައުލަތުން އެ މައްސަލަތައް އިސްތިއުނާފް ކުރުމުން މިހާތަނަށް ހައި ކޯޓުން ނިމުނު އޭގެ ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ ދެކޮޅަށެވެ.
ހައި ކޯޓުން މިއަދު ނިންމީ ރިސޯޓް ހެދުމަށް ވިލާ އަށް ދޫކުރި ގދ. ގަޒީރާ އާއި ރ. މާނެންފުށި އަދި ކ. މާދިއްގަރު ފަޅުގެ މައްސަލަ އެވެ. އެތަންތަން އަތުލި މައްސަލާގައި ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ވަކިވަކިން ހަައި ކޯޓުން އިއްވި ތިން ހުކުމުގައި ވެސް ނިންމީ އެތަންތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށާއި އެހެންވެ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރީ ކަމަށެވެ.
އެ ތިން ތަނުގެ އެއްބަސްވުން ސަރުކާރުން އުވާލީ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ޑަބްލިއު އެލްޓީ ކުންފުނިން 112 މިލިއަން ޑޮލަރު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުންނެވެ. އެ ދައުވާ ކުރުމުގެ ކުރިން އަލީ އިބްރާހިމް ނަމަކަށް ކިޔާ މީހަކާއި އޭނާއާ ގުޅުން އޮތް ފަރާތްތަކުން (ވިލާ ކުންފުނި ވެސް ހިމެނޭ ގޮތަށް) އޮތީ ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން އެއްބަސްވެ، ސަރުކާރާ އެކު ވަކި އެއްބަސްވުމެއް ހަދައިފަ އެވެ. އޭގެ މުގާބިލުގައި، ދައުލަތުން އެއްބަސްވެފައި އޮތީ އަލީ އިބްރާހިމަށް ދައުލަތުން ފައިސާތަކެއް ދޭންޖެހޭތީ އެ ފައިސާ ދިނުމުގެ ބަދަލުގައި ވިލާގެ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާ އެ ފައިސާ އިން އުނިކުރާ ގޮތަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޑަބްލިއު އެލްޓީއަކީ ވިލާގެ 70 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެެއް ކަމަށާއި އެހެންވެ ޑަބްލިއު އެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފް އަމަލެއް ކަމަށެވެ. އެހެންވެ، އެ އަމަލަކީ އެއްބަސްވުން އުވާލެވިދާނެ ސަބަބެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަކިވަކިން ކުރި އެ ހުކުމުގައިވެ އެވެ.
ޑަބްލިއު އެލްޓީން ދައުވާކުރަނީ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް(އެއިމްސް) ނަމަކަށް ކިޔާ ކުންފުންޏަކުން ޑަބްލިއު އެލްޓީއަށް ރަށްތަކެއްް ދޭން ނިންމުމަށް ފަހު އެރަށްތައް ހަވާލު ނުކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެކަމަކު ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ ޑަބްލިއު އެލްޓީއަށް ގެއްލުމެއް ލިބުނުކަން ސާބިތުވާ މިންވަރުގެ ހެކި ނެތް ކަމަށާއި ބަދަލުގެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ. އެކަމަކު އެ ރަށްތަކުގެ އެޑްވާންސަށް ޑަބްލިއު އެލްޓީ އިން ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ދޭންޖެހޭނެ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
ވިލާއަށް ދިން ރަށްތަކުގެ މައްސަލަ ވިލާއާ ދެކޮޅަށް ނިމޭއިރު އެ ކުންފުންޏަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ޖޫރިމަނާގެ ގޮތުގައި 18 މިލިއަން ޑޮލަރު ދައްކަން އަންގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ވަނީ ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އަދި ވިލާއަށް ހިންގަން ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓް ވެސް ސަރުކާރުން ވަނީ މިއަހަރު އަތުލައިފަ އެވެ.
ވިލާގެ ރަށްތަކުގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި
ވިލާއަށް ދިން ރަށްތަކުގެ ހުކުމް ތަންފީޒުކުރަން ފަށައިފި
ގާސިމްގެ މުދާ ވިއްކައި، ފައިސާތައް ހޯދަން ގޮވާލައިފި
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާގެ ރިސޯޓްތަކަށް ސުލްހަވެރި ހައްލެއް ބޭނުން: މަޓާޓޯ