ލ. އިސްދޫ ބޮޑު މަގުގައި ރޭ ހިނގި އެކްސިޑެންޓުގައި މަަރުވި ޒުވާނާގެ ކަނދުރާ އޮތީ ބިނދިފައި ކަމަށް ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ކައުންސިލުން މިއަދު ބުނެފި އެވެ.
30 އެޕްރީލް 2017
ލ. އިސްދޫ ބޮޑު މަގުގައި ރޭ ހިނގި އެކްސިޑެންޓުގައި މަަރުވި ޒުވާނާގެ ކަނދުރާ އޮތީ ބިނދިފައި ކަމަށް ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ކައުންސިލުން މިއަދު ބުނެފި އެވެ.
އިސްދޫ ފަތިސްހަނދުވަރު، މުހައްމަދު ޔޫސުފް، 27، އެކަނި ދަނިކޮށް ރޭ 11 ޖަހާކަންހާ އިރު އެކްސިޑެންޓް ހިނގީ ސައިކަލް ކައްސާލައިގެން ކަމަށް ބެލެވެ އެވެ. ކުރީގޭ ވާރޭ ވެހިފައި އޮތުމުން މަގުގައި ކިސަޑު ހެދިފައި އޮތް ކަމަށް ރަށު މީހުން ބުނެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، އިސްދޫ އަވަށުން ކަލައިދޫ އަވަށަށް ޔޫސުފް ދުއްވާފައި ދިޔައީ އާދައިގެ ސްޕީޑެއްގަ އެވެ. އެކްސިޑެންޓް ވެގެން މީހުން ދިޔައިރު އޭނާ އޮތީ ސައިކަލާ 20 ފޫޓު ދުރުގަ އެވެ.
އިސްދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެކްސިޑެންޓު ހިނގުމާ އެކު ޔޫސުފް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އޭނާގެ ކަނދުރާ ބިނދުމުގެ އިތުރުން ސީރިއަސް އެހެން އަނިޔާތަކެއް ވެސް ލިބިފައިވާ ކަަމަށް، ޑޮކްޓަރުންނާ ހަވާލާދެއްވައި، ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"ތަންކޮޅެއް ކިސަޑު ދިމާލެއްގައި އެކްސިޑެންޓު ހިނގީ. އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ކިސަޑު ހެދިފައި ހުރި ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
ފުލުހުންނަށް ފިލަން ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
ބްރިޖުން ދަނިކޮށް ކަރުގައި ކަންވާރު އެޅި އަނިޔާވެއްޖެ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
އެކްސިޑެންޓްތަކާ ގުޅިގެން ޕީޖީ އާއި ފުލުހުން މަޖިލީހަށް
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު