Roadha Mihaaru
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް ނޭޅުމަށް އެދިއްޖެ

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ މައުލޫމާތު އާންމު ނުކުރަން ފުލުހުން އެދިއްޖެ

25 އެޕްރީލް 2017

ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވަނީ ޔާމީން 29، މަރާލި މައްސަލައިގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މި ދަނޑިވަޅުގައި އެކި ޚިޔާލުގެ މައްޗަށް ޚަބަރާއި މައުލޫމާތާއި ވީޑިއޯ އާންމު ކުރުމުން ފުލުހުން ކުރާ މަސައްކަތުގެ ނަތީޖާ އަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެފަދަ މައުލޫމާތު އާންމު ނުކުރަން އެ ޓްވީޓްގައި ފުލުހުން އެދިފައިވެ އެވެ.

ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި ޔާމީން މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ ކޮބައިކަން ވަނީ ދެނެގަނެވިފަ އެވެ. އެ މީހުންގެ ހޯދަން ފޮޓޯ އާއި ވީޑިއޯ ފުލުހުން ވަނީ އާންމުކޮށް، ރައްޔިތުންގެ އެހީ އަށް ފުލުހުން ވަނީ އެދިފަ އެވެ.

ސޯޝަލް މީޑިއާގައި އިސްކޮށް ހަރަކާތްތެެރިވާ އަދި އަމިއްލަ ބްލޮގެއް ހިންގާ ޔާމީންގެ މަރަށް ފަހު ގިނަ އަދަދަކަށް ފުލުހުން މަގުމައްޗަށް ނެރެ، އެކި ހިސާބުތަކުގައި ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ޚާއްސަ އޮޕަރޭޝަންގައި ރޭ ބަޔަކު ހައްޔަރު ކުރިޔަސް އެއީ މި މައްސަލައާ ގުޅުން ހުރި ބައެއް ކަން ނުވަތަ ނޫންކަމެއް ނޭނގެ އެވެ.

ސ. ފޭދޫ އަށް އުފަން ޔާމީން މަރާލާފައި އޮއްވައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު ފެނުނީ އޭނާ މާލޭގައި ދިރިއުޅޭ ގެ މ. ސްޕެކްޓިއުލާގޭގެ ސިޑި ކައިރިންނެވެ.