17 ޖޫން 2016
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސް، ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސް، ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވުމަށް ފަހު ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.
އަލްކައުން ޓީވީގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި ލީތަލް އިންޖެކްޝަން ޖެހުމަށް ވުރެ ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭރުގެ ގައުމުތަކުން ވަނީ ލަފާ ދީފަ އެވެ.
"(ލީތަލް އިންޖެކްޝަން ޖެހުމަށް) ތަޖުރިބާ ހުރި އެހެން ގައުމުތަކާ ވާހަކަ ދެއްކިން. އަޅުގަނޑުމެންނަށް އެނގުނީ އެއަށް ވުރެ ރަނގަޅީ ދަން ޖައްސައިގެން އެކަން ކުރަން ކަން،" އުމަރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަށް ފަހު މުއްރަތު ކޯޓުން ނެރެގެން ގެންދަނީ: އޭނާ މަރަން ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި --މިހާރު ފޮޓޯ/މުހައްމަދު ޝަރުހާން
އުމަރު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައެއް ނިންމާތާ 30 ދުވަސް ތެރޭގައި ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރެވިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަޅުގަނޑުމެން މިތިބީ އަޒުމް ކަނޑައަޅައިގެން ރާއްޖޭގައި މަރަށް މަރު ހިފަން. --އުމަރު
މަރުގެ ހުކުމް ތަންފީޒު ކުރެވިގެން ނޫނީ ރާއްޖޭގެ އަމަން އަމާންކަން ގާއިމު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ގިނަ ގައުމުތަކުގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ފަހު، އެ ނިންމުން އަނބުރާ ގެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ފަރުހާދު މަރާލި މައްސަލައިގައި މުހައްމަދު ނަބީލްގެ މައްޗަށާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލާގައި މުއްރަތުގެ މައްޗަށާއި ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލައިގައި ހުސެއިން ހުމާމްގެ މައްޗަށް އިއްވާފައިވާ ހުކުމްގެ ޝަރުއީ އެންމެ ފަހު މަރުހަލާ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާނެ އިތުރު ތަނެއް ހަދަނީ
މަރުގެ ހުކުމްތައް އަލުން ދިރާސާ ކުރަން ގޮވާލައިފި
މިނިސްޓަރު އިމްރާން ހާމަކުރެއްވީ ހަގީގަތް: ފުލުހުން
ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު
ހޯމް މިނިސްޓަރު އަތުން ނެގި ބާރުތައް އިއާދަކޮށްދެނީ
މައްސަލަ ބަލަން ފެށީ ބޮން ގޮއްވާލި ފަހުން: އުމަރު
ހާސްކަމެއް ނެތް، ކޮރަޕްޝަނެއް ނޯންނާނެ: އުމަރު
އުމަރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
މިއީ އެންމެ ކޮރަޕްޓް ސަރުކާރު: އުމަރު
"ރިލްވާންގެ މައްސަލާގައި ރައީސް މެސެޖެއް ނުކުރައްވާ"