21 އެޕްރީލް 2017
ގދ. ފިޔޯރީގެ އިންޖީނުގޭގައި މީގެ އިރުކޮޅެއް ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ މުވައްޒަފަކު މަރުވެއްޖެ އެވެ.
ގދ. ފިޔޯރީގެ އިންޖީނުގޭގައި މީގެ އިރުކޮޅެއް ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ މުވައްޒަފަކު މަރުވެއްޖެ އެވެ.
މިއަދުގެ ހުކުރު ނަމާދުގެ ވަގުތު ހިނގި މި ހާދިސާގައި މަރުވީ އިންޖީނުގޭގެ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ އެވެ. އިންޖީނުގޭގައި ރޯވިއިރު އެތަނުގައި އެވަގުތު ހުރީ އޭނާ އެކަނި ކަމަށް ވެ އެވެ.
ފިޔޯރީގެ އިންޖީނުގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ނާޒިދު އަބްދުﷲ.
"އަޅުގަނޑުމެން ވަދެ ބެލިއިރު މުޅި މީހާ އޮތީ އަނދާފައި. އޭނާ އޮތީ އިންޖީނު ކައިރި އަށް ވެއްޓިފައި،" ފިޔޯރީގެ ކައުންސިލް މެމްބަރު ސައީދު މުހައްމަދު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ހުކުރު ނަމާދު ނިމެން އުޅެނިކޮށް، އިންޖީނުގެ އިން ބާރު އަޑެއް އިވުނު ކަމަށެވެ.
ފިޔޯރީގެ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި --ފޮޓޯ/ސޯޝަލް މީޑިއާ
"އިންޖީނުގޭގައި ރޯވެގެން އުޅޭކަން އެނގުނީ ނަމާދުން ފޭބުމުން. ނަމާދުން ފޭބި ގޮތަށް ގޮސް ވަރަށް އަވަހަށް އަލިފާންގަނޑު ނިއްވާލައިފި،" ސައީދު ވިދާޅުވި އެވެ.
މިހާރު އެ ރަށުން ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ.
މަރުވި ނާޒިދު އިންޖީނުގޭގައި މަސައްކަތްކުރާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.
ސައީދު ވިދާޅުވީ އިންޖީނުގޭގައި ހުރި ހަމައެކަނި ޖަނަރޭޓަރު މުޅިން ހަލާކުވުމުން ރަށަށް ކަރަންޓް ދޭނެ ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ އިން ކުރި ޓްވީޓެއްގައި ބުނީ އިރުއޮއްސުމުގެ ކުރިން ކަރަންޓް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ތަހުގީގުކުރަން ފުލުހުން ވަނީ އިންޖީނުގޭ ސަރަހައްދު ބަންދުކޮށްފައި،" ސައީދު ވިދާޅުވި އެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ނޭނގުނު ނަމަވެސް ކައުންސިލުން ލަފާކުރަނީ ބެޓެރި ސެޓް ގޮވުން ސަބަބަކަށް ވެދާނެ ކަމަށެވެ.
10 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ
އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ފިޔޯރީ ސްކޫލުގެ އަލިފާން: ކިޔެވުން ދެ ދަންފަޅިއަށް
ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި ރޯވެ އަނދަނީ!
ޑްރަގް އައްޑާއަކަށް ވެފައިވާ ޖަގަހާގައި ރޯވެއްޖެ
ހީވީ ބޮމެއް ގޮވިހެން، އިރުކޮޅަކުން ގެ ބިމާ ހަމަ!
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ
ޓީ ޖެޓީގެ ބޮޑު ހުޅު: ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއް؟
ދޮޅު ގަޑިއިރު ފަހުން އަލިފާން ނިއްވާލައިފި
ރޭގެ އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި