Roadha Mihaaru
އިންޑޯ މިލްކްގެ ބަނާނާގެ ރަހަބަލާނެ ފުރުސަތެއް

އިންޑޯ މިލްކްގެ ބަނާނާގެ ރަހަ ބަލަން ރަނގަޅު ފުރުސަތެއް!

20 އެޕްރީލް 2017

އެމްޔޫ ސްޓޯރުން އަލަށް ތައާރަފްކުރި އިންޑޯ މިލްކްގެ ބަނާނާ ޕެކެޓްގެ ރަހަ ދައްކާލުމާއެކު އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރެއް މާދަމާ ހަވީރު ބާއްވަން ނިންމައިފި އެވެ.

އެމްޔޫ ސްޓޯރުން އަލަށް ތައާރަފްކުރި އިންޑޯ މިލްކްގެ ބަނާނާ ޕެކެޓްގެ ރަހަ ދައްކާލުމާއެކު އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރެއް މާދަމާ ހަވީރު ބާއްވަން ނިންމައިފި އެވެ.

ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލް އިންޑޯ މިލްކް ރާއްޖެ އެތެރެކޮށް ވިއްކާ ފިހާރަ އިން ބުނީ ކުޑަކުދިންގެ ހަވީރުގައި ތަފާތު ކުޅިވަރުތަކާއި އެކި ކެރެކްޓާތަކާ އެކު ޕޮޓޯ ނެގުން ވެސް އޮންނާނެ ކަމަށެވެ. މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4:30 ން 6:30 އަށެވެ.

"މި އިވެންޓް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ތައާރަފްކުރި އިންޑޯ މިލްކުގެ ރަހަ ވީހާ ވެސް ގިނަ ބަޔަކަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން. މި ރަހަ އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާނެ ރަހައަކަށްވާނެ،" އެމްޔޫ ސްޓޯރުން ބުންޏެވެ.

އެ ފިހާރައިން ބުނީ ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ހަދިޔާ ދިނުމާއި އިންޑޯ މިލްކް ރަހަ ބަލާލުމުގެ ފުރުސަތު ވެސް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޔޫ ސްޓޯރުން އިންޑޯ މިލްކްގެ 190 މިލިގްރާމްގެ ބަނާނާގެ އިތުރުން ޗޮކްލެޓާއި ވެނީލާ އަދި ސްޓްރޯބެރީގެ ރަހައިގެ މިލްކް ޕެކެޓް ލިބެންހުރެ އެވެ.

"އަޅުގަނޑުމެން މި ފްލޭވާ ގެނައިތާ މަހެއްހާ ދުވަސްމިވީ. ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރެވޭ. މިއީ ސްކޫލް ކުދިންގެ އިންޓަވަލަށް ވެސް ވަރަށް ރަނގަޅު މިލްކް ޕެކެޓެއް،" އެ ފިހާރައިން ބުންޏެވެ.