Roadha Mihaaru
ހައި ކޯޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

18 އެޕްރީލް 2017

ހައި ކޯޓުގެެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިތުރުކޮށްފި އެވެ.

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް މިދިޔަ މަހު ހުޅުވާލުމަށް ފަހު ކުރިން އޮތީ މިއަދު އެ ފުރުސަތު ބަންދުވާ ގޮތަށެވެ. އެކަމަކު ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

ނުވަ ފަނޑިޔާރުން ތިބެން ޖެހޭ ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާވުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.