Roadha Mihaaru
ރަޝް އަވާގައި ޝާހްރުކް ބައިވެރިކުރަން ބޭނުން: ރަޓްނާ

"ރަޝް އަވާ"ގެ ސީކްއެލްއެއް ގައި ޝާހްރުކް ބައިވެރިކުރަން ބޭނުން: ބްރެޓް ރަޓްނާ

17 އެޕްރީލް 2017

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ބައިވެރިކޮށްގެން ފިލްމެއް ޑައިރެކްޓްކުރަން ބޭނުންވާ ކަމަށް "ރަޝް އަވާ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ބްރެޓް ރަޓްނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ބައިވެރިކޮށްގެން ފިލްމެއް ޑައިރެކްޓްކުރަން ބޭނުންވާ ކަމަށް "ރަޝް އަވާ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ބްރެޓް ރަޓްނާ ބުނެފި އެވެ.

އޭނާއަކީ ލިއޮނާޑޯ ޑިކްޕެރިއޯ އެންމެ މޮޅު ބަތަލުގެ އޮސްކާ ހޯދި "ދަ ރެވެނަންޓް" ގެ ޕްރޮޑިއުސަރު ވެސް މެ އެވެ.

އެމެރިކާގެ ސެން ފްރާންސިސްކޯގެ 60 ވަނަ ސެން ފްރަންސިސްކޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ ތެރޭގައި ރަޓްނާ ބުނީ ޖެކީ މުހިއްމު ރޯލެއް ކުޅެމުން އަންނަ ސީރީޒް "ރަޝް އަވާ" ގެ ސީކްއެލްއެއް ޝާހްރުކް ލައިގެން އިންޑިއާގައި ޝޫޓް ކުރަން ބޭނުން ކަމަށެވެ.

މި ފެސްޓިވަލްގައި ޝާހްރުކް ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވީ 2009 ގައި ރިލީޒް ކުރި އޭނާގެ ފިލްމް "މައި ނޭމް އިޒް ހާން" ވެސް ދައްކާތީ އެވެ. އެ ފިލްމަކީ ކަރަން ޖޯހަރް ޑައިރެކްޓްކޮށް، އެމެރިކާގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ.

ޝާހްރުކްގެ ޓްވީޓެއް.

"ކޮންމެވެސް ދުވަހަކުން ބޭނުން ރަޝް އަވާގެ ސީކްއެލްކަށް ޝާހްރުކް ލައިގެން އިންޑިއާގައި ނަގަން. ޝާހްރުކަށް ދޭން ބޭނުންވާ ޔަގީންވާ ކަމަކީ އަހަރެންގެ ފިލްމަކުން ދޭން ބޭނުން ވަނީ ފަސް މިނިޓެއްހާ ދިގު މިނުގެ ރޯލެއް ނޫންކަން. ހަމަ ލީޑް ރޯލެއް ދޭން ބޭނުން ވަނީ،" އެކްސް މެން: ދަ ލާސްޓް ސްޓޭންޑްގެ ޑައިރެކްޓަރު ބުންޏެވެ.

ބްރެޓް އެފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް، ޝާހްރުކް މިހާތަނަށް ބުނެފައިވާ ގޮތުގައި އޭނާއަށް ވަރަށް ގިނައިން ހޮލީވުޑްގެ ހުށަހެޅުންތައް ލިބެ އެވެ. އެކަމަކު އެފަދަ ފިލްމްތައް ކުޅުމުގެ ޝައުގުވެރި ކަމެއް ނުހުންނަ ކަމަށް ބުނެފައިވެ އެވެ.

ފެސްޓިވަލްގެ ތެރޭގައި ޝާހްރުކް ވަނީ ބްރެޓް ލައްވައި، "ޗެންނައި އެކްސްޕްރެސް" ގެ "ލުންގީ ޑާންސް" ލަވައަށް ނައްޓުވައިފަ އެވެ.