10 އެޕްރީލް 2017
ވިޔަފާރިވެރިއެއްގެ މުވައްޒަފެއްގެ ގޮތުގައި 17 އަހަރު ހޭދަކުރުމަށް ފަހު އާމިނަތު ވަހީދާ (އައިންތު) ފެށީ ކޭޝިއަރުކަމާ މުޅިން ތަފާތު މަސައްކަތެކެވެ. މި ފަހަރު އޭނާ އިޚްތިޔާރުކުރީ މަންމައެއް އަދި އަތްބެއްގެ ގޮތުގައި އަދާކުރަމުން އައި ޒިންމާތަކަށް ބޭނުން އިރަކު ވަގުތު ހުސްކުރެވިދާނެ ކަހަލަ ކަމެކެވެ. އައިންތުގެ އެ ނިންމުމަކީ ހަމައެކަނި އޭނާގެ ހަޔާތަށް އައި ވަރުގަދަ ބަދަލެއް ނޫނެވެ. ޓެކްސީއެއްގެ ހުންގާނުގައި ހިފި ހިސާބުން ރާއްޖޭގެ ފަހުގެ ތާރީޚުގައި އޭނާގެ ނަން ލިޔެވިގެން އެ ދިޔައީ ހުރިހާ އަންހެނުންނަށް ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.
ވިޔަފާރިވެރިއެއްގެ މުވައްޒަފެއްގެ ގޮތުގައި 17 އަހަރު ހޭދަކުރުމަށް ފަހު އާމިނަތު ވަހީދާ (އައިންތު) ފެށީ ކޭޝިއަރުކަމާ މުޅިން ތަފާތު މަސައްކަތެކެވެ. މި ފަހަރު އޭނާ އިޚްތިޔާރުކުރީ މަންމައެއް އަދި އަތްބެއްގެ ގޮތުގައި އަދާކުރަމުން އައި ޒިންމާތަކަށް ބޭނުން އިރަކު ވަގުތު ހުސްކުރެވިދާނެ ކަހަލަ ކަމެކެވެ. އައިންތުގެ އެ ނިންމުމަކީ ހަމައެކަނި އޭނާގެ ހަޔާތަށް އައި ވަރުގަދަ ބަދަލެއް ނޫނެވެ. ޓެކްސީއެއްގެ ހުންގާނުގައި ހިފި ހިސާބުން ރާއްޖޭގެ ފަހުގެ ތާރީޚުގައި އޭނާގެ ނަން ލިޔެވިގެން އެ ދިޔައީ ހުރިހާ އަންހެނުންނަށް ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.
ލ. އަތޮޅާއި އައްޑޫ ފަދަ ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައި މަދުމަދުން އަންހެނުން ޓެކްސީ ދުއްވަން ނުކުމެ އެވެ. އަދި 2000 ވަނަ އަހަރު ތެރޭ އަންހެނަކު މާލޭގައި ޓެކްސީ ދުއްވަން ފުރަތަމަ ފަހަރަށް ނުކުމެފައިވެ އެވެ. އެކަމަކު މިއީ ލައްކައަކަށް ވުރެ ގިނަ މީހުންނާއި އެތަކެއް ހާސް ދުއްވާއެއްޗެހި ތޮއްޖެހި ބަންޑުންވަމުންދާ ވެރިރަށް މާލޭގެ މިހާރުގެ މަގުމައްޗަށް ފުލް ޓައިމްކޮށް، ވަކި ޓެކްސީއެއްގައި އަންހެން ޑްރައިވަރަކު ނުކުތް ފުރަތަމަ ފަހަރެވެ. އެ ޝަރަފް އައިންތު ހޯދިތާ ދެ ހަފްތާވީ އެވެ.
ޓެކްސީއަކަށް އަރަން ނިންމި ސަބަބު ހާމަނުކޮށް "ޕާސަނަލް ކަމެއް"ގެ ގޮތުގައި ބާއްވާލަން ބޭނުންވިޔަސް އައިންތު ބުނަނީ އެއީ ކުދިންނަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. އޭނާ އަށް ހިތްވަރު ދިނީ ވެސް ކުދިންނެވެ.
"އަސްލު މި ކަމަށް ނުކުންނަން ކެރުނީ އަޅުގަނޑުގެ ދެ ދަރިންނާއި ދަނބިދަރިފުޅުގެ ފަރާތުން ލިބުނު ހިތްވަރުގެ ސަބަބުން،" 12 އަހަރުގެ ފިިރިހެން ކުއްޖަކާއި 23 އަހަރުގެ އަންހެންކުއްޖަކު ހުރި އައިންތު، 40، ކިޔައިދިނެވެ.
ކާރު ދުއްވުމަކީ އޭނާ އަބަދުވެސް ކުރާ ހިތްވާ ކަމެކެވެ. މިހާތަނަށް ފިރިމީހާއަކީ ވެސް ޓެކްސީ ޑްރައިވަރެކެވެ. މަހުން މަހަށް އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް މީހެއްގެ އަތުން ގަނެފައި އޮތް ސެކަންޑް ހޭންޑް ދެ ކާރު އެ ދެމަފިރިންގެ އަތުގައި އޮވެ އެވެ. އަދި އައިންތު ބޭނުންވީ އަމިއްލަ ދިރިއުޅުމަށް ރަނގަޅަށް ވަގުތު ދެވޭނެ ކަހަލަ މަސައްކަތެއް ފަށާށެވެ. އެހެންކަމުން، ޓެކްސީ ދުއްވުމަކީ، ހުރިހާ ގޮތަކުން ބެލިޔަސް، އައިންތު އަށް ކުރަން ފެނުނު އޭނާ އަށް އެންމެ އެކަށީގެންވާ މަސައްކަތެވެ. ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ގޭތެރޭގެ ކަންކަމާއި ހަގު ދަރިފުޅު ސްކޫލަށް ގެންދިޔުމާއި އޭނާގެ ކިޔެވުމުގެ އެހެނިހެން ކަންކަމަށް، އެ ބޭނުންވާ ގަޑިއެއްގައި ވަގުތު ދެވެ އެވެ.
"މިކަން ކުރާ އިރު މިނިވަންކަމާ އެކު އެހެން ކަންކަން ކުރެވޭ. ކުދިންނަށް ކައްކާފައި ކާންދީ، ކުޑަ ދަރިފުޅު ސްކޫލަށް ގެންގޮސް، ޓިއުޝަނަށް ގެންގޮސް އެބަ ހެދޭ. ވަޒީފާއެއްގައި އުޅެންޏާ ވާ ގޮތަކީ ވަކި ގަޑިތަކެއް ފުރަން ޖެހޭނެ. ގޭތެރޭގެ ކަންކަމުގައި އަންހެން ދަރިފުޅުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބޭ،" މީގެ ތޭވީސް އަހަރު ކުރިން މާލެ އަށް ހިޖުރަކުރި ގދ. ވާދު އަށް ނިސްބަތްވާ އައިންތު ބުންޏެވެ.
މިހާރު ބްރޭކެއްގައި ހުރި ފިރިމީހާ ވެސް މަސައްކަތްކުރި ނިއު ޓެކްސީއާ (ފަހެއް ހަތެއް) ގުޅުމުގެ ކުރިން ކާރު ދުއްވަން އައިންތު ދަސްކުރީ ޑްރައިވިން ސްކޫލަކަށް ގޮސްގެނެވެ. މަހަކާއި 10 ދުވަސް އެކަމަށް ހޭދަކުރި އެވެ. ޑްރައިވިން ޓެސްޓުން ފާސްވީ ތިން ފަހަރު މަތިން މަސައްކަތްކޮށްގެނެވެ. މިހާރު އައިންތުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެންގެ ފަރާތުން ވެސް ލިބޭ ތައުރީފާއި ހިތްވަރު ބަސްތަކެވެ.
"ފަހެއް ހަތެއްގެ އޯނަރު އަބްދުﷲ ވެސް ވަރަށް އުފަލުން އަޅުގަނޑަށް މި ފުރުސަތު ދެއްވީ. ފުރަތަމަ ވެސް ބުނީ ވަރަށް އުފާވެއްޖެއޭ އަންހެނަކު ޓެކްސީ ޑްރައިވަރަކަށް ނުކުންނަ އިރު ތިމަންނަމެންގެ ސެންޓަރާ ގުޅިގެން ނުކުންނާތީ،" އައިންތު ބުންޏެވެ.
"އިރާދަކުރެއްވީތީ މިހާތަނަށް އަޅުގަނޑަކަށް އެއްވެސް މީހެއްގެ ފަރާތުން ނޭދެވޭ ކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް ކުރިމައްޗެއް ނުވޭ. އެންމެން ވެސް ބުނަނީ ވަރަށް ރަނގަޅު، ވަރަށް ބޭނުންތެރިކަމެކޭ އަންހެނަކު މި ދާއިރާ އަށް ނުކުތުމަކީ."
އެ ތަޖުރިބާ އިން އައިންތު ކުރާ އުއްމީދަކީ ޓެކްސީ ދުއްވަން އިތުރު އަންހެނުން ނުކުތުމެވެ.
"އަންހެންކުދިން ވެސް ކުރަން ހަމަ ވަރަށް ރަނގަޅު މަސައްކަތެއް މިއީ،" އޭނާ ބުންޏެވެ.
"އަޅުގަނޑު ވެސް ހުއްޓާލާކަށް އެއްގޮތަކަށް ވެސް ގަސްދެއް ނުކުރަން. ހަމަ ކުރިއަށް ދާނަން، އިރާދަކުރެއްވިއްޔާ."
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް
ފީނައިގެން ހުރިހާ އެއްޗެއް ހޯދި އަންހެން ޑައިވަރު
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައި ކޯޓަށް
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި
ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް ނުފަށާ
މަގު ބަންދުކުރި ޓެކްސީތައް ޓޯކޮށްފި
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ