06 އެޕްރީލް 2017
ތ. ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް އަދި މިހާރު އެ ކައުންސިލްގެ މެމްބަރު ހުސައިން ޖަބީން ހަ މަހަށް ގޭގައި ބަންދުކުރަން އެ ރަށު ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތ. ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް އަދި މިހާރު އެ ކައުންސިލްގެ މެމްބަރު ހުސައިން ޖަބީން ހަ މަހަށް ގޭގައި ބަންދުކުރަން އެ ރަށު ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވިލުފުށީ ކައުންސިލަށް ވާދަކުރާ ޖަބީންގެ މައްޗަށް އައި އެ ހުކުމާ އެކު، މިހާރު އޭނާ އަދާކުރާ ކައުންސިލް މެމްބަރު ކަން ގެއްލި އަދި ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ ކައުންސިލަރު ކަމުން ވަކިވާނެ އެވެ. އެހެންވެ، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ޖަބީނަށް ނޯންނާނެ އެވެ.
ޖަބީންގެ މައްޗަށް ހުކުމް އައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ 2015 ގައި އެމްއާރުޑީސީން އެރަށުގެ މަގު ހެދުމުގެ މަސައްކަތެއް ކުރުމަށް ޖަހާފައިވާ ދަގަނޑެއް އޭނާ އުފުރާލައި، އެއްލާލި މައްސަލައިގަ އެވެ.
ޖަބީންގެ މައްޗަށް އެ ހުކުމް އައިއިރު ވިލުފުށީ ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ އެހެން ކެންޑިޑޭޓަކު ވެސް ދާދިފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ޑްރަގް މައްސަލައެއްގެ ތުހުމަތުގަ އެވެ.
ވިލުފުށީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް
ކުރިނބީ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުކުރީ އެމްޑީޕީ
ހިންނަވަރުގެ ބަދަލު މުޅި ރާއްޖެ އިން ފެންނާނެ: ނާޒިމް
އާސަންދަ ކަނޑާލި މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ލިސްޓާ މެދު ސުވާލު އުފެދޭ، ސޮއިކުރަން ދަތި: އެމްޑީޕީ
ކެންޑިޑެސީ ބާތިލް ކުރަން ދަނީ ރާވަމުން: އެމްޑީޕީ
އިންތިޚާބު ފަސްކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ
"މި ފަހަރުގެ ވޯޓަކީ އަދުލާއި އިންސާފަށް ލެވޭ ވޯޓެއް"
ތުހުމަތުކުރި މައްސަލައިގެ ހެއްކެއް ނުފެނުނު: އެމްޑީޕީ
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު