Roadha Mihaaru
ސުޕަމާޓުން ހޯލްސޭލް ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ސުޕަމާޓުން ހޯލްސޭލް ޕްރޮމޯޝަނެއް ފަށައިފި

04 އެޕްރީލް 2017

އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން "ހޯލްސޭލް ޕްރޮމޯ"ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން "ހޯލްސޭލް ޕްރޮމޯ"ގެ ނަމުގައި މިއަދު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ އެ ކުންފުނިން ރާއްޖެ އަށް އެތެރެކޮށް ހޯލްސޭލްކުރާ 36 ބްރޭންޑަކަށެވެ. އެ ބްރޭންޑްތަކުގެ ތެރޭގައި ޔޫރަޕުގެ ނުވަ ބްރޭންޑާއި އޭޝިޔާގެ 19 ބްރޭންޑާއި މެދުއިރުމަތީގެ ފަސް ބްރޭންޑް އަދި އެފްރިކާގެ ތިން ބްރޭންޑެއް ހިމެނެ އެވެ. އެ ބްރޭންޑްތަކުގެ އުފެއްދުންތަކުގެ ތެރޭގައި އާއްމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭ ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ، ބާސްމަތީ ހަނޑޫ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ސްޕެގެޓީ، ރައިބީނާ، ކޮފީ، ސައިފަތް ހިމެނެ އެވެ.

އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ ޕްރޮމޯޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ ޕްރޮމޯޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އެސްޓީއޯ

މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު 1،000ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ދޭނެ އެވެ.

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަންގެ އެއްވަނަ އިނާމުގެ ގޮތުގައި ދުބާއީ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި ތައިލެންޑް ދަތުރެއް، ތިންވަނަ އިނާމެއްގެ ގޮތުގައި އިންޑޮނޭޝިއާ އަށް ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ހުރިހާ ދަތުރުތަކެއް ވެސް ހަމަޖައްސައިފައި ވަނީ ފަސް ދުވަހުގެ ހުރުމާއި އަދި ޕޮކެޓް މަނީއާ ވެސް އެކުގައި ކަމަށެވެ. އޭގެ އިތުރުން ނަސީބުވެރި 10 މީހަކަށް 5،000ރ. ގެ ވައުޗަރެއް ވެސް މި ޕްރޮމޯޝަންގެ ތެރެއިން ދޭން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.