01 އެޕްރީލް 2017
އިޓަލީގެ މަޝްހޫރު ޑިޒައިން ފާމް، ލާގޯ އިން ޑިޒައިންކޮށްފައިވާ، މަތީ ފެންވަރުގެ ކޮކޫން މޯލްޑިވްސް ރިސޯޓް ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.
އިޓަލީގެ މަޝްހޫރު ޑިޒައިން ފާމް، ލާގޯ އިން ޑިޒައިންކޮށްފައިވާ، މަތީ ފެންވަރުގެ ކޮކޫން މޯލްޑިވްސް ރިސޯޓް ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.
ޅ. އޫކޮޅުފުށީގައި ތަރައްގީކުރި ރިސޯޓް ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއި އެ ރިސޯޓުގައި ތިބި ގެސްޓުންނާއި ބައެއް ލަވަކިއުންތެރިންނާއި މިއުޒީޝަނުން ބައިވެރިވި ކަމަށް އެ ރިސޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
ކޮކޫން މޯލްޑިވްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އާއި އިޓަލީގެ މަޝްހޫރު މިއުޒިޝަނުންނާއި ލަވަކިއުންތެރިން ބައިވެރިވި އެވެ.
ޅ. އަތޮޅުގައި އަލަށް ހެދި ކޮކޫން މޯލްޑިވްސް ރިސޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކޮކޫން މޯލްޑިވްސް
އެ ރިސޯޓު ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އެލެކްސެންޑްރޯ އަޒޯލާއާ ހަވާލާދީ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮކޫން މޯލްޑިވްސް އަކީ އޭނާ ވަރަށް ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮކޫން މޯލްޑިވްސް ވަނީ މީގެ ދެ މަސްކުރިން ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. އަދި މިހާތަނަށް އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި މީހުން ވަރަށް ބޮޑަށް ލޯބިޖެހިފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) އިން ސީޕްލޭންގައި 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ 6.9 ހެކްޓަރުގެ ކޮކޫން ރިސޯޓުގައި 151 ކޮޓަރި ހުރެ އެވެ. އެ ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން އަސްލަކަށް ބަލައިގެން، އިޓަލީގެ ޑިޒައިން ހިމަނައިގެންނެވެ. މީގެ އިތުރުން، މި ރިސޯޓަށް ހާއްސަކޮށް ލާގޯ އިން ފަރުމާކޮށް ދީފައިވާ ތިން ރެސްޓޯރަންޓަކާއި ބާއެއް ވެސް މި ރަށުގައި ހުރެ އެވެ.
ލާގޯގެ ޑިޒައިންތަކުން ކޮކޫން މޯލްޑިވްސް ފަރިވެފައި
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި