Roadha Mihaaru
ފްލެޓުގެ މަސައްކަތް ފެށީ 278 މިލިއަން ދައްކާ ގޮތަށް

ފްލެޓުގެ މަސައްކަތް ފެށީ އެއްކޮށް ނިމުމުން 278 މިލިއަން ދައްކާ ގޮތަށް: އެޕެކްސް

15 ޖޫން 2016

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ މަސައްކަތް ނިމުމުން، އެއްފަހަރާ ފައިސާ ދައްކަން ސަރުކާރުން އެންމެ ކުރިން ވެސް އެއްބަސްވެފައިވާ ކަމަށް ޑިވެލޮޕަރު އިއްޔެ ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ މަސައްކަތް ނިމުމުން، އެއްފަހަރާ ފައިސާ ދައްކަން ސަރުކާރުން އެންމެ ކުރިން ވެސް އެއްބަސްވެފައިވާ ކަމަށް ޑިވެލޮޕަރު އިއްޔެ ބުނެފި އެވެ.

އެމްޑީޕީގެ ސަރުކާރުން ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރި "އެޕެކްސް ރިއަލްޓީ" ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ލިބެން ޖެހޭ 278 މިލިއަން ރުފިޔާ އަކީ ފްލެޓްތަކުގެ އަގު ކަމަށެވެ. އަދި އެ ފައިސާ ނުދައްކަނީސް ފްލެޓްތައް ސަރުކާރާ ހަވާލުނުކުރާނެ ކަމަށް އެޕެކްސް އިން ވަނީ ބުނެފަ އެވެ.

އެޕެކްސް އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސްގެ ހިއްސާއާ އެކު އުފައްދާފައިވާ ކުންފުންޏެވެ.

"ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފްލެޓްތަކުގެ އަގުގެ 20 ޕަސެންޓް ފައިސާ ސަރުކާރުން ވަނީ ދީފައި. އަޅުގަނޑުމެން މި ބުނަނީ ބާކީ 80 ޕަސެންޓް ފައިސާ ދެއްވާށޭ. އޭރުންނޭ ފްލެޓްތައް ސަރުކާރާ ހަވާލުކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.

"މިއީ ފްލެޓްތަކުގެ މަސައްކަތުގެ އަގު ކަމަށް ވާތީ، އެ ފައިސާ އަށް އަޅުގަނޑުމެން މި ޑިމާންޑް ކުރަނީ. ސަރުކާރުން ފުރަތަމަ ވެސް އެއްބަސްވެފައި ވާނެ ފްލެޓްތަކުގެ މަސައްކަތް ނިމުމުން ފައިސާ ދޭން."

އޭނާ ވިދާޅުވި ގޮތުގައި 319 އެޕާޓްމަންޓް ހިމެނޭ ފްލެޓްތަކުގެ މަސައްކަތް މިދިޔަ މާޗް މަހުގެ ނިޔަލަށް ނިންމާފައިވާއިރު، އޭގެ ފަހުން 90 ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ނިންމަން ސަރުކާރުން އެއްބަސްވި އެވެ. އެކަމަކު އެ މުއްދަތު ހަމަވިއިރު ވެސް ފައިސާ ނުދެއްކުނުކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.

އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް.

އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް.

"ސަރުކާރުން ބުނީ މޭ ފަހެއްގެ ނިޔަލަށް ދައްކައި ނިންމާނަމޭ. އެކަމަކު އެކަމެއް ވެސް ނުވި. އެންމެ ފަހުން ދެން މިހާރު ބުނަނީ މި މަހުގެ ނިޔަލަށް ފައިސާ ދައްކައި ނިންމާނެ ކަމަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކުރަން މި މަހުގެ ނިޔަލަށް މިކަން ނިންމާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"އެ ޔަގީންކަން އެބަ އޮތް. ސަރުކާރަށް އިތުބާރު އެބަ އޮތް. ފްލެޓްތަކުގެ މަސައްކަތް ނިންމައި އެތަން ބޭނުން ނުކޮށް ގިނަ ދުވަސް ވުމަކީ އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ގެއްލުމެއް. ސަބަބަކީ އެ ދެ ފްލެޓް އިމާރާތް ބަލަހައްޓަން އަޅުގަނޑުމެން އެބަ ގެންގުޅެން 40 މީހުންގެ ޓާސްކްފޯހެއް. އެއީ ފްލެޓާ ގުޅޭ އެކި ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން. މިހާރު މި ގުނަމުން މިދާ މުއްދަތުގައި، ފްލެޓްތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ، އެކަން ހައްލުކޮށް އަދި އެހެނިހެން ކަންކަމުގައި މުވައްޒަފުން އެ އުޅެނީ."

ފްލެޓްތަކުގެ އަގު އެޕެކްސް އަށް ދެއްކުމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުގެ ބަހެއް ނުލިބެ އެވެ.

ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފްލެޓްތަކުގެ އަގުގެ 20 ޕަސެންޓް ފައިސާ ސަރުކާރުން ވަނީ ދީފައި. އަޅުގަނޑުމެން މި ބުނަނީ ބާކީ 80 ޕަސެންޓް ފައިސާ ދެއްވާށޭ. އޭރުންނޭ ފްލެޓްތައް ސަރުކާރާ ހަވާލުކުރާނީ. މިއީ ފްލެޓްތަކުގެ މަސައްކަތުގެ އަގު ކަމަށް ވާތީ، އެ ފައިސާ އަށް އަޅުގަނޑުމެން މި ޑިމާންޑް ކުރަނީ. ސަރުކާރުން ފުރަތަމަ ވެސް އެއްބަސްވެފައި ވާނެ ފްލެޓްތަކުގެ މަސައްކަތް ނިމުމުން ފައިސާ ދޭން

ފްލެޓްތަކުގެ މަސައްކަތް އިންޑިއާގެ ކުންފުންޏާ ހަވާލުކުރި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ ފްލެޓްތައް ތަރައްގީކުރުމުގެ ކަންކަން އޭރު ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް އަޅަން ފަށަން އެޗްޑީސީން އެޑްވާންސްގެ ގޮތުގައި 20 ޕަސެންޓް ފައިސާ ޑިވެލޮޕަރަށް ދައްކައިދިނެވެ. ބާކީ 80 ޕަސެންޓް ފައިސާ މަސައްކަތް ނިމޭތާ 90 ދުވަހުގެ ތެރޭގައި ދައްކަން އޮތީ ވެސް އެޗުޑީސީންނެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ސަރުކާރުން ފްލެޓްތަކުގެ އަގު ދެއްކުމުގައި އެޗްޑީސީގެ އެއްވެސް ދައުރެއް ނެތެވެ. ސީދާ ސަރުކާރުން އެހާ ބޮޑު އަދަދެއް އެއް ފަހަރާ ދައްކަން ޖެހޭތީ މިހާރު ހަމަޖައްސާފައި ވަނީ ފަސް އަހަރު ތެރޭގައި 2 މިލިއަން ރުފިޔާ ދެއްކޭވަރުގެ މީހުންނަށް އިސްކަން ދީގެން ފްލެޓް ހަވާލުކުރާށެވެ.

އެ ދެ އިމާރާތުން ފްލެޓް ލިބުނު މީހުންނަށް ކުރިން އަންގާފައި އޮތީ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާށެވެ. އެގޮތުން މަހަކު ދައްކަން ޖެހޭ މިންވަރު 9،000ރ އަށް ވުރެ ބޮޑެއް ނުވެ އެވެ. އެކަމަކު މިހާރު ހަމަޖައްސާފައިވާ ގޮތުން މަހަކު ދައްކަން ޖެހޭ ވަރު 33،000ރ އަށް އަރަ އެވެ.