މައްސަލަ ބޮޑުވެފައިވާ މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރުމަށްފަހު އެ ބިލު އަލުން ދިރާސާކުރަން އެ ކޮމިޓީން އަލުން އެޖެންޑާކޮށްފި އެވެ.
16 ސެޕްޓެމްބަރ 2025
މައްސަލަ ބޮޑުވެފައިވާ މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރުމަށްފަހު އެ ބިލު އަލުން ދިރާސާކުރަން އެ ކޮމިޓީން އަލުން އެޖެންޑާކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ބިލާ މެދު ގޮތެއް ނިންމަން ވޯޓަށް އަހަން މުގައްރިރު ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވުމުން އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަަސީމް އެކަމާ ދެކޮޅަށް އަޑު އުފުލެއްވި އެވެ. އެއީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ހުށަހަޅައިފައި އޮތް ޕެޓިޝަނެއް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށް އެ ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލަށް ވޯޓަށް އަހާތީ އެވެ.
އެ ބިލަށް ވޯޓަށް އަހަން އުޅުނު ވަގުތު ކޮމިޓީގައި ތިބި ނޫސްވެރިން އަޑު އުފުލައި އިހުތިޖާޖްކުރުމުން ކޮމިޓީ މެދުކަނޑާލުމަށްފަހު އަލުން ފެށުމަށްފަހު ނިންމީ ކޮމެޓީން ބިލު ފާސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ބިލް ދިރާސާކުރަން އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު މެންދުރު 2:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.
ކޮމެޓީގެ ބައްދަލުވުމެއް ތާވަލް ކުރިއިރު، މަޖިލީހުގެ ޖަލްސާއެއް މިއަދަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. މިއަދު ވެސް ނޫސްވެރިން ދަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ. އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ.
މީޑިއާ ބިލް އިސްލާހުތަކާއެކު ކޮމިޓީން ފާސްކޮށްފި
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންތަކެއް ބަދަލުކޮށްފި
ޕީޖީ އާއި އެކްޓިން ސީޕީ ކޮމިޓީއަށް ހާޒިރެއް ނުކުރި
ކޮމެޓީތަކުގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅަނީ
މީޑިއާ ބިލަށް ވޯޓަށް އެހުމާއެކު ކޮމިޓީގައި އިހުތިޖާޖް
ދައުރުން ބޭރު ޖަލްސާއެއް މާދަމާ ވެސް ބާއްވަނީ
ރިފަރެންޑަމް ބިލު މަޖިލީހުން ފާސްކޮށްފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
ބަދަލުތަކާއެކު، ރިފަރެންޑަމް ބިލް ކޮމެޓީން ފާސްކޮށްފި