26 މާޗް 2017
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ހުމާއި އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އެ ކަމަށް ބޭނުންވާ މީހުންނަށް ފްލޫ ވެކްސިން ޖަހައިދޭން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ހުމާއި އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އެ ކަމަށް ބޭނުންވާ މީހުންނަށް ފްލޫ ވެކްސިން ޖަހައިދޭން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.
އޭޑީކޭ އިން މިއަދު އާއްމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު ފަހު 3:00 އިން ފެށިގެން ވެކްސިން ޖަހައިދޭނެ އެވެ. އަދި ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ނަންބަރު ދޫކުރާނީ އެ ދުވަހަކު ވެކްސިން ޖަހައިދެވޭނެ މިންވަރަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ވެކްސިން ޖަހަން އޭޑީކޭ ކައިރީގައި މިއަދު ކިޔޫ ހަދާލާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެ ބަޔާނުގައިވާ ގޮތުގައި ވެކްސިން ޖެހުމަށް އަންނަ މާބަނޑު މީހުން، އައިޑީ ކާޑުގެ އިތުރުން އެންޓިނޭޓަލް ކާޑު ގެންނަންޖެހެ އެވެ. އަދި ކެންސަރު ބަލީގެ މީހުންނާއި ގުނަވަން ބަދަލުކޮށްފައިވާ މީހުން ވެކްސިން ޖަހަން އަންނަ ނަމަ އައިޑީ ކާޑުގެ އިތުރުން ވެކްސިން ޖެހުމަށް ޑޮކްޓަރު ދީފައިވާ ލިޔުން ގެންނަންޖެހެ އެވެ. އެ ނޫން މީހަކަށް ނަމަ ވެކްސިން ޖަހަން އަންނަ އިރު ގެންނަން ޖެހޭނީ އައިޑީ ކާޑު އެކަންޏެވެ. އަދި އުމުރުން ހަ މަސް ނުފުރޭ ކުދިން އިންފުލުއެންޒާ ވެކްސިން ޖަހަން ނުޖެހޭނެ ކަމަށް ވެސް އޭޑީކޭގެ ބަޔާނުގައިވެ އެވެ.
ވެކްސިން ޖެހުމަށްޓަކައި މިއަދު ވެސް އެ ހޮސްޕިޓަލް ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދައިގެން އެބަ ތިއްބެވެ.
އެޗްޕީއޭ އިން ހިސާބުތައް ހާމަކުރަން ފެށިއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަކުން ކޮންމެ ދުވަހަކު ހާހަކަށް ވުރެ ގިނަ މީހުން ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މި އަދަދު މިހާރު ވަނީ 300 އާ ހަމަޔަށް ދަށްވެފަ އެވެ. މާލެއިން ދުވާލަކު ހާހެއްހާ މީހުން ރިޕޯޓްކުރި އިރު މިހާރު އެ އަދަދު ވަނީ 250 އާ ހަމަޔަށް ދަށްވެފަ އެވެ. އެންމެ ފުރަތަމަ މުޅި ރާއްޖެއިން ދުވާލަކު ދެ ހާހަށް ވުރެ ގިނަ މީހުން ރިޕޯޓްކުރި ކަމުގައި ވިޔަސް މިހާރު ވަނީ އެ އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 501 މީހަކު އެޗް1އެން1 އަށް ޝައްކުވެ ޓެސްޓްކުރި އިރު އޭގެ ތެރެއިން 185 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ފަސް މީހަކު އޭގެ ތެރެއިން މަރުވެއްޖެ އެވެ.
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
އޭޑީކޭގެ ފްލޫ ކްލިނިކް ސޯސަންގެއަށް ބަދަލުކޮށްފި
ހުން ޖެހޭ މީހުންގެ އަދަދު 100 އިން ގުނެން ފަށައިިފި
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
އޭޑީކޭ ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި
ތެލެސީމިއާ މީހުންނަށް އާސަންދައިން ވެކްސިން ޖަހައިދެނީ
އެޗް1އެން1 ގިނަ މީހުންގެ ފަރާތުން ނުފެނޭ: ނިޔާފް
އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް
އިންފްލުއެންޒާ ވެކްސިން ލިބުމުގައި ދައްޗެއް ނެތް:ނާޒިމް
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި