ހަމާސްގެ ބައިވެރިވުމެއް ނެތް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި، އިޒްރޭލާއި ފަލަސްތީނަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމާ ގުޅޭ "ނިއު ޔޯކް ޑެލްލަރޭޝަން" އަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ވޯޓަށް އަހާނެ އެވެ.
ހަމާސްގެ ބައިވެރިވުމެއް ނެތް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި، އިޒްރޭލާއި ފަލަސްތީނަކީ ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމާ ގުޅޭ "ނިއު ޔޯކް ޑެލްލަރޭޝަން" އަށް އދ.ގެ އާންމު މަޖިލީހުގައި މިއަދު ވޯޓަށް އަހާނެ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރުމުގައި އދ.ގެ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ އިޒްރޭލުން މި ގަރާރާ ދެކޮޅުހަދައި މިއީ ހަމާސްގެ ހަމަލާގެ ބަދަލުގައި ދޭ އިނާމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް ފްރާންސާއި ސައޫދީ އަރަބިއްޔާގެ އިސްނެގުމަށް ހުށަހެޅި ގަރާރަށް ތާއީދު ބޮޑެވެ.
"ނިއު ޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓުލްމަންޓް އޮފް ދަ ކުއެޝަން އޮފް ފަލަސްތީން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލޫޝަން" ގަރާރުގައި ހަމާސްގެ ހަމަލާގައި އިޒްރޭލުން އަސީރުކޮށްފައިވާ އެންމެން މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ. އަދި ހަމާސްގެ އޮކްޓޫބަރު 7 ގެ ހަމަލާ ކުށްވެރިކޮށްފައި ވެސް ވެ އެވެ.
މީގެ އިތުރުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައިވެ އެވެ.
އަރަބި ލީގުން މިހާރުވެސް ތާއީދުކޮށް، އަދި އދ.ގެ މެންބަރު 17 ގައުމަކުން ޖުލައި މަހު ސައޫދީ އާއި ފްރާންސާ އެކު ސޮއިކޮށް ބަލައިގެންފައިވާ ގަރާރުގައި ހަމާސްގެ ހަމަލާ ކުށްވެރިކުރުމުގެ އިތުރުން ފަލަސްތީނުގެ ދައުލަތެއްގެ ލީޑަޝިޕްގައި ހަމާސްގެ ބައިވެރިވުން ނޯންނާނެ ކަމަށް ވެސް ހިމަނާފައިވެ އެވެ.
"ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ހަމާސް ޖަމާއަތުން ޣައްޒާގެ ކޮންޓްރޯލް ދޫކޮށްލައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މަގްސަދުގައި، ބައިނަލްއަގުވާމީ ބައިވެރިވުމާއި އެހީތެރިކަމާ އެކު ފަލަސްތީނު އޮތޯރިޓީއާ ހަތިޔާރު ހަވާލުކުރަން ޖެހޭ،" އެ ގަރާރުގައި ބުނެފައިވެ އެވެ.
މި ގަރާރަށް ވޯޓަށް މި އަހަނީ ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން ވިދާޅުވެފައިވާ، މި މަހުގެ 22 ވަނަ ދުވަހުގެ ސަމިޓުގެ ކުރިންނެވެ. އެއީ ފްރާންސާއި ސައޫދީ ގުޅިގެން ބާއްވާ ސަމިޓެކެވެ.
ނިއު ޔޯކް ޑެކްލަރޭޝަންގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ "ސްޓެބިލައިޒޭޝަން މިޝަނެއް" އެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ކަނޑައަޅާފައިވެ އެވެ. މި މިޝަންގެ މަގްސަދަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމާއި ސަލާމަތީ ޒިންމާތައް އަދާކުރުމުގައި ފަލަސްތީން އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން ހަތަރު ބައިކުޅަ ތިނެއް ނުވަތަ 75 ޕަސެންޓަކީ 1988 ވަނަ އަހަރު ފަަލަސްތީނުގެ އޭރުގެ ލީޑަޝިޕުން އިއުލާނުކުރި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ގައުމެކެވެ.
ނަމަވެސް އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން ގެންދާތާ ދެ އަހަރުވާން ކައިވެރިވެފައި ވާއިރު ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދީން ވަޒަންވެރިކުރުން ވެސް އިތުރުކޮށް ހަރުކަށިކަން ބޮޑުވެފައި ވާތީ، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަކީ ނުކުރެވޭނެ ކަމަކަށް ވަރަށް އަވަހަށް ވެދާނެ ކަމުގެ ބިރު ވަނި ހީވެފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ އިއްޔެ ވެސް ވަނީ "ފަލަސްތީނުގެ ދައުލަތެއް ނޯންނާނެ" ކަމަށް ބުނެ ހަރުކަށިކަމާ އެކު ވާހަކަ ދައްކައިފަ އެވެ.
"ފަލަސްތީނުގެ ދައުލަތެއް ނުހެދޭނެ ކަމަށް އަހަރެމެންގެ ވީ ވައުދު ފުއްދާނަން،" ނަތަންޔާހޫ އިއްޔެ ބުންޏެވެ.
ފަލަސްތީނުގެ ދައުލަތާ ބެހޭ ގޮތުން އާންމު މަޖިލީހުގައި ވޯޓު ނަގާއިރު އެމެރިކާއިން ވަނީ ފަލަސްތީނު ސަރުކާރުގެ އޮފިޝަލުން އާންމު މަޖިލީހަށް ވަޑައިގަތުމަށް ވިސާ ނުދޭން ނިންމައިފަ އެވެ. -- އޭއެފްޕީ
ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު ފާސްކޮށްފި
ފަލަސްތީނުގެ އޮފިޝަލުން އެމެރިކާއަށް ނާރުވަން ނިންމައިފި
ޝަރުތަކާނުލައި ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލަނީ
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އާ މަސައްކަތެއް
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އަމިއްލަ ދިފާއުގެ ހައްގު އިޒްރޭލަކަށް ނެތް: ރަޝިޔާ
ސަލާމަތީ މަޖިލިސް އަނެއްކާ ބައްދަލު ކުރަނީ
އދ.ގެ މެންބަރަކަށްވުމުގެ ހައްގު ފަލަސްތީނަށް އެބައޮތް
ނަފްތާލީ: ފަލަސްތީން ހަނދުމަނެތި، މުޅިން ވެސް އީރާން
ބަހަނާއިން ފަލަސްތީނު މައްސަލަ އެއްފަރާތެއް ނުކުރެވޭނެ