ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މި އަހަރު ވަންނަ ދަރިވަރުންނަށް ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގެ ނަމުގައި ހާއްސަ ސްކޮލާޝިޕެއް ތައާރަފްކޮށްފި އެވެ.
08 ސެޕްޓެމްބަރ 2025
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މި އަހަރު ވަންނަ ދަރިވަރުންނަށް ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގެ ނަމުގައި ހާއްސަ ސްކޮލާޝިޕެއް ތައާރަފްކޮށްފި އެވެ.
މި ސްކޮލަޝިޕަށް އެދި ހުށައެޅުމުގެ ފުރުސަތު އެ ސްކޫލުން ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. މި ސްކޮލާޝިޕަށް އެދި ހުށައެޅޭނީ ނެޝަނަލް ޓޮޕް ޓެން ރޭންކުގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނައިގައި ހިމެނުނު ދަރިވަރުންނަށެވެ.
ވީއައިއެޗްއެސްއިން ބުނީ ސްކޮލާޝިޕަށް ހުށައަޅާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 30 ދަރިވަރުންނަށް ސްކޮލަޝިޕް ފުރުސަތު ލިބޭނެ ކަމަށެވެ.
އަދި ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 30 ދަރިވަރުންނަށް ވުރެ ގިނަ ނަމަ، ސްކޮލަޝިޕް ލިބޭ ދަރިވަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އޭގެ އިތުރުން ވެސް ކުރިން ސްކޮލާޝިޕް ދޭ އުސޫލުން ޝަރުތު ހަމަވާ ދަރިވަރުންނަށް ސްކޮލާޝިޕް ލިބޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ސްކޫލްގެ މަހު ފީ ދައްކާކަށް ނުޖެހޭނެ އެވެ. ވީއައިއެޗްއެސްއިން ބުނީ މިފަދަ އެކި ސްކޮލަޝިޕް ފުރުސަތުތަކަކީ ކިޔެވުމަށް ގަދައަޅާ މަސައްކަތް ކުރާ ދަރިވަރުންނަށް އިތުރަށް ހިތްވަރުދީ، އެ ސްކޫލުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޖާގަ އިތުރުކޮށްފި
ވިލާ އިންޓަނޭޝަނަލަށް 200 ވުރެ ގިނަ އެޕްލިކޭޝަން
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ވިލާ ހައި ސްކޫލްގެ ސްކޮލާޝިޕްތައް ހަވާލުކޮށްފި
19 އަހަރުން ދަށުގެ ނެޓްބޯޅަ ޗެމްޕިއަންކަން ވިލާ އަށް
12 އަހަރުގެ ރަޔާން އޭ ލެވެލަށް ކިޔަވަން ފަށައިފި
ވިލާ އިންޓަނޭޝަނަލްއަށް ވަނުމުގެ މުއްދަތު ހަމަވަނީ
ވިލާ އިންޓަނޭޝަނަލްގައި ސްޓަޑީ ކޭމްޕެއް ފަށައިފި
ވިލާ އިން ގްރޭޑް 11 އަށް ފުރުސަތު ހުޅުވާލައިފި
ސްކޮލާސް ކަޕް ސީނިއާ ބައިން އެއްވަނަ ވިލާ ހައި ސްކޫލު