04 ޑިސެމްބަރ 2023
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 11 އިގެ ކުދިންގެ ތެރެއިން ސްކޮލާޝިޕް ލިބުނު ކުދިންނަށް އެ ކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ. އެއީ ކޮންމެ އަހަރަކު ވެސް އެ ސްކޫލްގެ ގްރޭޑް 11ގެ އެޑްމިނޝަނާ އެކު ހުޅުވައިލާ ފުރުސަތެކެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 11 އިގެ ކުދިންގެ ތެރެއިން ސްކޮލާޝިޕް ލިބުނު ކުދިންނަށް އެ ކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ. އެއީ ކޮންމެ އަހަރަކު ވެސް އެ ސްކޫލްގެ ގްރޭޑް 11ގެ އެޑްމިނޝަނާ އެކު ހުޅުވައިލާ ފުރުސަތެކެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަޝިޕްގެ ލިޔުން އެ ކުދިންނާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު ލިޔުން ހަވާލުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެއީ ތައުލީމީ ގޮތުން ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށާއި ބްރިލިއަންޓް ސްޓޫޑެންޓްސް ސްކޮލާޝިޕާއި އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ މުބާރާތްތަކުން ވަނަތައް ހޯދާފައިވާ ކުދިންނަށް ދިން ސްޕޯޓްސް އެންޑް ކޯ ކަރިކިއުލާ ސްކޮލާޝިޕެވެ.
ބްރިލިއަންޓް ސްޓޫޑެންޓްސް ސްކޮލާޝިޕް ލިބުނު 33 ކުދިންނާ މިއަދު ލިޔުން ހަވާލުކުރި އެވެ. ސްޕޯޓްސް އެންޑް ކޯ ކަރިކިއުލާ ސްކޮލާޝިޕް ލިބުނު ހަތް ކުއްޖަކާ ވެސް ލިޔުން ހަވާލުކުރި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވަނީ ސްކޮލާޝިޕް ލިބުނު ކުދިން ފުރުސަތު ގެއްލުވާނުލައި، ރަނގަޅު ނަތީޖާ ހޯދުމަށް އެދިވަޑައިގެންފަ އެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި އެއީ ނަމޫނާ ސްކޫލަކަށް ހެދުމުގައި އެ ކުދިން ބައިވެރިވުމަށް ވެސް އެދިވަޑައިގަތެވެ.
ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު ލިޔުން ހަވާލުކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ބެލެނިވެރިންނަށް އެ ސްކޮލާޝިޕުން ލިބުނު ލުއި އަގުވަޒަންކޮށް، އެ ބެލެނިވެރިން ފަހުރުވެރިވާ ފަދަ ކުދިންތަކަކަށް ވުމަށް ގޮވާލައްވައިފަ އެވެ. ތައުލީމު އުގެނުމާ އެއްވަރަށް ރިވެތި އަހުލާގުގެ ސިފަތައް ދަސްކުރުމަށް ވެސް ޑރ. ޝަހީމް ބާރު އެޅުއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ސްކޮލާޝިޕަކީ ކުދިންނަށް ތައުލީމީ ހަޔާތުގައި އިތުރަށް ކުރިއަށް ގޮސް ކާމިޔާބީ ހޯދުމަށް ފަހިވި މަގެއް ކަމަށެވެ.
ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕަށް މުއްދަތު އިތުރުކޮށްފި
ސްކޮލާޝިޕް ނިންމި ކުދިން ސަފީރާ ބައްދަލުކޮށްފި
ވިލާ އިންޓަނޭޝަނަލްއަށް ވަނުމުގެ މުއްދަތު ހަމަވަނީ
ވިލާ އިންޓަނޭޝަނަލްގައި ސްޓަޑީ ކޭމްޕެއް ފަށައިފި
ވިލާ އިން ގްރޭޑް 11 އަށް ފުރުސަތު ހުޅުވާލައިފި
ވިލާ އިންޓަނޭޝަނަލްގެ ދަރިވަރުން މެލޭޝިއާއަށް
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް