Roadha Mihaaru

މަސީހަށް ނޫނެކޭ ބުނަން ޖެހޭ، ގާސިމާއި ފާރިސްގެ މަސައްކަތަށް ސެލިއުޓް: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހަށް ނޫނެކޭ ބުނަން ޖެހޭ: އުމަރު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

25 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އެހެނިހެން އިދިކޮޅު ފަރާތްތަކަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަސީހު މަގާމުން ވަކި ކުރަން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ހިތްވަރު ދެއްވާ ކަމަށެވެ.

އުމަރު ކުރެއްވި ޓުވީޓު.

އެ ޓްވީޓާއެކު ހޭޝްޓެގް ޖަހައި މަސީހަށް ނޫނެކޭ ބުނުމަށް އުމަރު ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި، އުމަރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ވަނީ ކޮށްފަ އެވެ. އެކަމަކު އެ ތުހުމަތުތައް އުމަރު ދޮގު ކުރައްވަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާއެކު ކަމަށެވެ.