ހއ. އަތޮޅުގެ ރަށްތަކުގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ލޯ ސްކްރީން ކޭމްޕުތައް ވަރަށް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
30 ޖުލައި 2025
ހއ. އަތޮޅުގެ ރަށްތަކުގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ލޯ ސްކްރީން ކޭމްޕުތައް ވަރަށް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފޯރުކޮށްދީ، ލޮލުގެ ދުޅަހެޔޮކަން ދެނެގަނެ ލޮލުގެ ސްކްރީނިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން 2023 ވަނަ އަހަރު ފެށި ހާއްސަ ޕްރޮގުރާމުގެ ދަށުން ހިންގި ކޭމްޕެކެވެ.
މި ފަހަރުގެ ޕްރޮގުރާމުގެ ދަށުން އައިކެއާ އިން ހއ. ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށް އަދި އުތީމުގައި ލޯ ސްކްރީން ކުރުމުގެ ކޭމްޕުތައް ވަނީ ހިންގައިފަ އެވެ. މި ކޭމްޕުތަކުގައި 300 އަށް ވުރެ ގިނަ މީހުންގެ ލޯ ސްކޭންކޮށް، ލޮލުގެ ފަރުވާއާ ގުޅޭ އެކި ހިދުމަތްތަކާއި ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް އައިކެއާ އިން ބުންޏެވެ.
ލޮލުގެ ދުޅަހެޔޮކަމާއި ލޮލަށް ފެނުމުގެ މައްސަލަތައް ބަލަން އަތޮޅުތަކުގައި ފެށި މި ކޭމްޕުގައި ކެޓެރެކްޓަށް ޗެކު ކުރުމާއި ގްލަކޯމާ އަށް ޓެސްޓު ކުރުމާއި ރެޓީނާގެ މައްސަލަތައް ދެނެގަތުމުގެ ޓެސްޓުތައް ހަދަ އެވެ. އަދި އައިކެއާ އިން އައިނު ހައްދަން ބޭނުންވާ މީހުންނަށް އައިނަށް އޯޑަރު ދިނުމުގެ ފުރުސަތު ވެސް ކޭމްޕުގައި ދެ އެވެ.
އައިކެއާ ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން ހިދުމަތް ބޭނުންވެ، މާލެ އަށް ނާދެވި ހިދުމަތް ނުލިބި ތިބި މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ކޭމްޕެއް ކަމަށެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލޮލުގެ ދުޅަހެޔޮކަން ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ ކޭމްޕުތަކެއް ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ މި ކޭމްޕުތަކަކީ ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކެލާގައި ހުން ފެތުރޭތީ ޑޮކްޓަރެއް ގެންގޮސްފި
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
ރާއްޖެއަށް ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދައިފި
މިއަހަރު ސިނގިރެޓް އެތެރެކުރުން އާދަޔާޚިލާފަށް ދަށަށް
ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް 18.9 މިލިޔަން
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
މައްސަރު ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރަން އެދިއްޖެ
ގޯޑަން ރަމްޒީ ހަމުގެ ކެންސަރަށް ފަރުވާކުރަނީ
ނުރައްކާތެރި މިންވަރަކަށް މާއްދާއެއް އެކުލެވޭ ބުއިމެއް
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި