ގިނަ އަދަދެއްގެ ސްޕޮންސަރުންގެ ލޯގޯ ހިމަނައިގެން އޮސްޓްރިއަން ބުންޑެސްލިގާގެ ކްލަބެއް ކަމަށްވާ ޓީވީއެސް ހާޓްބާގްގެ އާ ސީޒަންގެ ޖޯޒީ ދައްކާލައިފި އެވެ.
ގިނަ އަދަދެއްގެ ސްޕޮންސަރުންގެ ލޯގޯ ހިމަނައިގެން އޮސްޓްރިއަން ބުންޑެސްލިގާގެ ކްލަބެއް ކަމަށްވާ ޓީވީއެސް ހާޓްބާގްގެ އާ ސީޒަންގެ ޖޯޒީ ދައްކާލައިފި އެވެ.
އޮސްޓްރިއާގެ ކްލަބްތައް ހިންގަނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީގަ އެވެ. އަދި ޓީވީއެސް ހާޓްބާގަކީ ޖޯޒީގައި ސްޕޮންސަރުން ގިނަ ކަމަށް މަޝްހޫރު ކްލަބެކެވެ. އަންނަ ސީޒަންގެ ޖޯޒީ އެ ކްލަބުން ދައްކާލީ 23 ސްޕޮންސަރުންގެ ލޯގޯއާ އެކު އެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.
އެ ކްލަބް ފާހަގަ ވާން ފެށީ 2017/2018 ގައި ދެވަނަ ޑިވިޝަންގެ ދެވަނަ ޓީމުގެ ގޮތުގައި، ފުރަތަމަ ފަހަރަށް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ހިސާބުންނެވެ.
ޓީވީއެސް ހާޓްބާގްގެ ލީޑާޝިޕާ 2017 ވަނަ އަހަރު ހަވާލުވި އޮސްޓްރިއާގެ ވިޔަފާރިވެރިޔާ ބްރިގީޓް އެނާލް ވަނީ، ކްލަބު ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން ގިނަ ސްޕޮންސާ ޑީލްތަކެއް ހޯދައިފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ކްލަބްގެ ޖޯޒީގައި 13 ސްޕޮންސަރުންނަށް ޖާގަ ދީފައިވެ އެވެ. އެ އަދަދު މިހާރު އިތުރު ވަމުން އަންނަ އިރު، މިދިޔަ ސީޒަންގައި 15 ސްޕޮންސަރުން ވަނީ ހިމަނައިފަ އެވެ.
މިއިން ދައްކުވައިދެނީ ސްޕޮންސަޝިޕްތަކުގެ ބޭނުން ކޮށްގެން ކްލަބްގެ އާމްދަނީ އިތުރު ކުރުމަށް އެ ކްލަބުން ގެންގުޅޭ ސްޓްރެޓެޖީ އެވެ. މި ޖޯޒީތަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.
އޭނާގެ މި މަސައްކަތުން، 6700 މީހުން ދިރިއުޅޭ އަވަށަކަށް ނިސްބަތްވާ މި ކްލަބް އަދިވެސް އެއްވަނަ ޑިވިޝަނުގައި ދެމި އެބަ އޮތެވެ.
ޓީވީއެސް ހާޓްބާގް ވަނީ އޮސްޓްރިއާ ލީގުގެ ފަސްވަނައިގައި ނިންމައިގެން 2020/2021 ސީޒަންގެ ޔޫރޮޕާ ލީގު ކޮލިފައިން އިން ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަންގައި އެ ޓީމު ނިންމާލީ ތާވަލްގެ އަށްވަނައިގަ އެވެ.
ޕޮލެންޑަށް އޮސްޓްރިއާ ކައިރިން ސަލާމަތެއް ނުވެވުނު
ފްރާންސް ސަލާމަތްވީ އޮސްޓްރިއާގެ ބައި ގޯލަކުން
ވެލެންސިއާގެ ބޭރު ކުޅުންތެރިންގެ ޖާގަތަށް ފުރިހަމަކޮށްފި
ދާދުގެ ހަތަރު ގޯލުން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ކުޅުންތެރިންގެ މައްސަލަ، ވެލެންސިއާއިިން އިމިގްރޭޝަނަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
އިޒްރޭލު ބޮއިކޮޓް ކުރަން ދުނިޔޭގެ ފުޓްބޯޅަ ކެމްޕޭނެއް
ރާއްޖޭގެ ގުރޫޕްގައި އިންޑިއާ، ޕާކިސްތާން ގަދަކޮށްފި
ރަސްމީ ސީޒަނުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
ހަތް އަހަރަށްފަހު އެފްއޭއެމުން ފުޓްބޯޅަ އެވޯޑް ދެނީ