ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިރޭ "މިހާރު" އަށް ވިދާޅުވީ، 26 ވަނަ ދުވަހުގެ ރޭ ބާއްވާ އެ ހަފުލާ އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވަކިވަކިން ދައުވަތު އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ޒަމާނީ ޓާމިނަލް ހުޅުވުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އޭގެ ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލް ހުޅުވުމެވެ.
މިއަދު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ، އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގައި ވެރިކަން ކުރެއްވި ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ
އާ ޓާމިނަލް ފުލް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރުމަހު
ގޮންޖެހުންތަކަށްފަހު ޓާމިނަލުން ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް އޮޕަރޭޓް ކުރުމުގެ ހުރިހާ ކަމެއްގައި ދިވެހިން
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި
ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު
އާ ޓާމިނަލް: މި ރީތިކަން، އާމްދަނީގެ ދޮރާއްޓަކަށް
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް