Roadha Mihaaru

ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް އަބަދުވެސް ވަރަށް ގިނަ ކުންފުނިތަކުން އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ލިބެމުން އަންނަ ކަމަށާއި މިހާރު ފެންމަތިވެގެން އުޅޭ ދުބާއީގެ ޖެޓެކްސްގެ ޕްރޮޕޯސަލްއަކީ ވެސް އެފަދަ ޑޮކިއުމަންޓެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް އަބަދުވެސް ވަރަށް ގިނަ ކުންފުނިތަކުން އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ލިބެމުން އަންނަ ކަމަށާއި މިހާރު ފެންމަތިވެގެން އުޅޭ ދުބާއީގެ ޖެޓެކްސްގެ ޕްރޮޕޯސަލްއަކީ ވެސް އެފަދަ ޑޮކިއުމަންޓެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖެޓެކްސްއާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ޝަރީފުއާ "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމަން. އަޅުގަނޑުމެން އެ ކަމަކާ ނޫޅެން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޕްރޮޕޯސަލް ލިބުމުން މަޝްވަރާ ކުރަންޖެހޭ ހާލަތުގައި އެކަން ކުރިޔަސް ގޮތެއް ނިންމަނީ މުޅި ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންނެވެ.

"އަޅުގަނޑުމެން ނޫޅެން އެކަން ކުރާކަށް،" ޖެޓެކްސްގެ ޕްރޮޕޯސަލާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އެމްޑީ ވިދާޅުވި އެވެ.

ޖެޓެކްސް އިން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން:

- 25 އަހަރުގެ ތެރޭޭގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ.

- ވިއައިޕީ ޓާމިނަލްގެ ހިދުމަތްތައް ވިއްކައިގެން ދެ އަހަރުގެ ތެރޭގައި ޖެޓެކްސް އަށް ފައިދާއެއް ނެރެވޭނެ ކަމަށް ލަފާކުރޭ.

ޖެޓެކްސް އިން ލަފާކުރާ ގޮތުން ނަމަ ފަސް ވަނަ އަހަރުން ފެށިގެން 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ. އަދި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ގެ ފައިދާއެއް ނެރެވޭނެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހުށަހެޅި ކަމަށް ބުނާ އެ ޕްރޮޕޯސަލްގައިވާ ގޮތުން، ޖެޓެކްސް އިން އެމްއޭސީއެލް އަށް ގްރަންޑް ހޭންޑްލިން ހިދުމަތުގެ 55 ޕަސެންޓް ފައިދާ ހޯދައިދޭނެ އެވެ. އަދި އަހަރަކު މަދުވެގެން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ދޭނެ އެވެ.

ޖެޓެކްސް އިން ހިދުމަތްދޭ ބޯޓުތަކަށް ހާއްސަކޮށް ރޭމްޕް ޕާކިން އޭރިއާގެ ގޮތުގައި 10،000 އަކަފޫޓުގެ ޖާގައެއް ބޭނުންވާކަން ފާހަގަކޮށްފައިވާއިރު 25 އަހަރު ވަންދެން އޮންނާނީ ކޮންސެޝަނަލް އެގްރީމެންޓެއް ކަމުގައިވެސް ފާހަގަކޮށްފައި ވެ އެވެ.

އޭގެ ބަދަލުގައި ޖެޓެކްސް އިން އެންމެ ޒަމާނީ ފެންވަރުގެ ވީއައިޕީ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. ޖެޓެކްސްއިން ދޭނީ ކޮންސިއާޖް ސާވިސަސް އާއި ގްރައުންޑް ހޭންޑްލިންގެ އިތުރުން ވީއައިޕީ ފަސިންޖަރުންނަށް ދޭ ޖެހޭ ހުރިހާ ހިދުމަތެއް ދިނުމެވެ.