މަގެއް ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް އެއްލައިލުމަށް ފަހު ސައިކަލުގައި ދަނިކޮށް މަޑުކުރަން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދިޔަ މީހަކު 33،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
07 ޖުލައި 2025
މަގެއް ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް އެއްލައިލުމަށް ފަހު ސައިކަލުގައި ދަނިކޮށް މަޑުކުރަން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދިޔަ މީހަކު 33،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސ. ހިތަދޫ މީހެއް ކަމަށްވާ ހަސަން އަލީމް ޒުހުރީގެ މައްޗަށް މި މަހުގެ ފުރަތަމަ ދުވަހު މި ހުކުމް އިއްވީ ޑިސެމްބަރު 22، 2021 ގައި އޭނާ އިތުރު ބަޔަކާ އެކު ސައިކަލުގައި ދަމުން އޭނާގެ ސައިކަލުގެ ފަހަތުގައި އިން މީހާ ޓްރެފިކް ކޯން އެއްލާލުމުން ވެސް ސައިކަލް މަޑު ނުކޮށް ދިއުމުންނެވެ.
އެ މައްސަލާގައި ދައުލަތުން އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
ހަސަން އަލީމް ދައުވާއަށް ޖަވާބުދާރީވަމުން ބުނީ ސައިކަލު ދުއްވަން އިނީ އޭނާ ކަމަށާއި ނަމަވެސް ފުލުހުން އޭނާ ކައިރީ މަޑުކުރަން ބުނިކަން ނޭނގޭ ކަމަށެވެ. އެހެންވެ އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ފުލުހުން އެ މައްސަލާގައި ވަނީ ކަން ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާ ދުއްވަން އިން ސައިކަލް ހުއްޓުވާ ތަނާއި މަޑުކުރަން ބުނުމުން ވެސް ކިޔަމަންނުވެ ދާތަން ފެންނަ ކަމަށް ހުކުމުގައިވެ އެވެ.
ހަސަން އަލީމްގެ ކުށުގެ އަސާސީ އަދަބަކީ ހަ މަހަށް ޖަލަށް ލުމެވެ. ނަމަވެސް ބަންދުގައި އޭނާ 15 ދުވަސް ހޭދަ ކޮށްފައި ވާތީ ޖަލު ހުކުމަކަށް އިއްވޭނީ ފަސް މަހާއި 15 ދުވަހެވެ. ނަމަވެސް ހަސަން އަލީމް ޝަރީއަތުގައި ވަނީ އޭނާ އަކީ މިހާރު ވަޒީފާއެއްގައި ވެސް އުޅޭ މީހަކަށް ވާތީ ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދޭން އެދިފަ އެވެ. ގާޒީ ވިދާޅުވެފައިވަނީ މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި މިފަދަ ކުށްތަކުގައި ޖަލު އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަކަށް ވެސް ވާނެ ކަމަށެވެ. އަދި ކުށުގެ ވެށިން ދުރުކުރުމަށް ބާރުއެޅޭ މިންވަރަށް ރިއާޔަތްކޮށް ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ޖަލު އަދަބު 33،000ރ.ގެ ޖޫރިމަނާ އަކަށް ބަދަލުކުރީ ކަމަށް ހުކުމުގައިވެ އެވެ.
މި ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ އަމުރުކޮށްފަ އެވެ.
ހުސައިން ކޯޓުން ދޫކޮށްލައިފި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
މުސާރަ ނުދޭކަމަށް ބުނެ ވައްކަން ކުރުމުން ހައްޔަރުކޮށްފި
ރަހީނުކޮށް، ފައިސާ އަތުލަން އުޅުނު ދެ މީހަކު ހައްޔަރު
މަގުތަކުން 200 އަށް ވުރެ ގިނަ ބާ ވެހިކަލް ނަގައިފި
ޔާމީން ހެއްދެވީ ދޮގެއް، ގާނޫނީ ފިޔަވަޅާ ދިމާލަށް!
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ފުލުހުންނަށް ފިލަން ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި