ފާމަސީތަކުގައި ބޭސް ހުންނައިރު އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
01 ޖުލައި 2025
ފާމަސީތަކުގައި ބޭސް ހުންނައިރު އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ބޭހުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މެމްބަރެއްގެ ސުވާލަކާ ގުޅިގެން، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، ބޭހުގެ އަގުތަކަށް ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ފާމަސީތަކުން ބުނާ ކަމަށެވެ.
އެކަމަކު، އެ ފާމަސީއަށް ހަމަ އެ ބޭސް ގަންނަން ދިއުމުން ވިއްކާ މައްސަލަ ބޮޑު ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭސް ދޫކުރުމާ ގުޅޭގޮތުން ފާމަސީތަކުން އަމަލުކުރަންޖެހޭ އުސޫލެއް އެންސްޕާއިން ކަނޑައަޅާފައިވާ ކަމަށެވެ. އެ އުސޫލާ ފާމަސީތަކުން ހިލާފުވާތީ، އާސަންދައިން އަންނަނީ އެ އުސޫލު ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ބޭހުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.-- ފޮޓޯ: މަޖިލިސް
"ފާމަސީގެ އުސޫލެއް އޮވޭ އެންސްޕާއިން ކަނޑައަޅާފައި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ނަގާ ފިޔަވަޅުތަކުގެ ތެރޭގައި ފާމަސީތަކަށް މަޖުބޫރުވާނެ އާސަންދައިގެ ދަށުގައި ހުރިއްޔާ އާސަންދައިގެ ތެރެއިން ހުރިހާ ބޭހެއް ދޭން. އެ ކަހަލަ ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ އުސޫލު ބަދަލުކޮށްގެން،" ޒީނިޔާ ވިދާޅުވި އެވެ.
އެންސްޕާގެ އޮފިޝަލަކު ވިދާޅުވީ ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އޭރުން ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ކުޑަކުރުމުން، ފާމަސީތަކުން ބޭސް ލިބުމުގައި ވަރަށް ބޮޑު ގޮންޖެހުންތައް ދިމާވި އެވެ. އެއީ ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދަ އިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލުމުންނެވެ.
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަނީ!
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
އީއެމްއެލްގައި ނުހިމެނޭ ބޭސް ގަންނަންޖެހޭ ގޮތް ހަދަނީ