ޗާލޮޓް (ޖޫން 29) - މެޗު ނިމެނިކޮށް އުޑުމަތި ބަނަކޮށްލައި ވިދާ ގުގުރަން ފެށުމުން މެދުކަނޑާލަން ޖެހުނު މެޗުގައި އިތުރު ވަގުތު ކުޅެގެން ޕޯޗުގަލްގެ ބެންފީކާގެ މައްޗަށ1 4-1 އިން ކުރި ހޯދައި އިންގްލެންޑުގެ ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޗާލޮޓް (ޖޫން 29) - މެޗު ނިމެނިކޮށް އުޑުމަތި ބަނަކޮށްލައި ވިދާ ގުގުރަން ފެށުމުން މެދުކަނޑާލަން ޖެހުނު މެޗުގައި އިތުރު ވަގުތު ކުޅެގެން ޕޯޗުގަލްގެ ބެންފީކާގެ މައްޗަށ1 4-1 އިން ކުރި ހޯދައި އިންގްލެންޑުގެ ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު މެޗުގައި ޗެލްސީ ވަނީ 64 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ހިލޭޖެހުމަކުން މި ގޯލު ޖަހައިދިނީ ކެޕްޓަން ރީސް ޖޭމްސް އެވެ. މި ގޯލުން ޗެލްސީ މޮޅުވާން ދަނިކޮށް މެޗު މެދުކަނޑާލަން ޖެހުނީ ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ވިއްސާރަވެ ހޮނު އެޅުމުންނެވެ.
މެދުކެނޑުމަކަށް ފަހު މެޗުގެ ބާކީ ބައި ކުރިއަށް ގެންދެވޭ ވަރު ވީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން މެޗު އަލުން ފެށޭނީ ހޮނު އެޅުން ހުއްޓާލާތާ 30 މިނެޓު ފަހުންނެވެ. އެކަމަކު އެ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް އަނެއްކާ ވެސް ހޮޅު އަޅައިފި ނަމަ އަލުން 30 މިނެޓު ގުނަން ފަށަން ޖެހޭނެ އެވެ.
ބެންފީކާ އެއްވަރު ކުރީ ފުރިހަމަ ވަގުތުގެ ބާކީ ހަތަރު މިނިޓަށް ފަހު، އިތުރު ވަގުތުގެ ވެސް ފަސްވަ ނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެންހެލް ޑި މާރިއާ ޖެހި ގޯލުންނެވެ. މާލޯ ގުސްތޯ ކުރި ކުށަކާ ގުޅިގެން ބެންފީކާ އަށް ލިބުނު މި ޕެނަލްޓީއާ އެކު މެޗުގެ ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ.
ބެންފީކާ އަށް މައްސަލަ ދިމާވީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން ދެ ވަނަ މިނިޓުގައި އެ ޓީމުގެ ޖިއާންލޫކާ ޕްރެސްޓިއާނީއަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ޗެލްސީ މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. އެގޮތުން 108 ވަނަ މިނިޓުގައި އަލުން ލީޑު ހޯދައިދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. އަދި 114 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ލީޑު ފުޅާ ކޮށްދިން އިރު، ފަހު ލަނޑު އޭގެ ތިން މިނިޓު ފަހުން ޖަހައިދިނީ ކީރެން ޑޫސްބަރީ-ހޯލް އެވެ.
ކުއާޓާ ފައިނަލްގައި ޗެލްސީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު ބައްދަލުކުރާނީ ބްރެޒިލްގެ ޕަލްމެއިރާސްއާ އެވެ.
ބްރެޒިލްގެ ދެ ޓީމު ބައްދަލުކުރި ގަދަ 16 ގެ ފުރަތަމަ މެޗުގައި ރޭ ޕަލްމެއިރާސް ވަނީ އިތުރު ވަގުތު ކުޅެގެން، 1-0 އިން ބޮޓަފޮގޯ ބަލިކޮށްފަ އެވެ. މެޗުގެ 100 ވަނަ މިނިޓުގައި އެޓީމުގެ ލަނޑު ޖަހައިދިނީ ޕައުލީނިއޯ އެވެ. އަދި ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ކެޕްޓަން އަދި ޑިފެންޑަރު ގުސްތާވޯ ގޯމޭޒް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
މުބާރާތުގެ ގަދަ 16 ގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. މިރޭ 9 ޖަހާއިރު ޕީއެސްޖީ އާއި އިންޓަ މަޔާމީ ބައްދަލު ކުރާއިރު، 1 ޖަހާއިރު ބައްދަލުކުރާނީ ފްލަމެންގޯ އާއި ބެޔާން މިއުނިކެވެ.
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
ޕީއެސްޖީ ނުފޫޒު ކަނޑުވާލައި ޗެލްސީ ދުނިޔޭގެ ރަސްކަމަށް
ބްރެޒިލް ފޯވާޑް ޗެލްސީ ފައިނަލަށް ގެންގޮސްދީފި
ދަނޑު ފުރާނުލެވުމުން ޓިކެޓް އަގު ބޮޑުތަނުން ދަށްކޮށްފި
ސެމީ ފައިނަލްގެ ޖާގަ އާއެކު މުސްތަގުބަލުގެ ވިދުވަރެއް
ބްރެޒިލްގެ ފްލެމިންގޯ އިން ޗެލްސީ ބަލިކޮށްފި
އާ ފޯވާޑްގެ ފުރަތަމަ މެޗުން ޗެލްސީއަށް ކާމިޔާބު
ޗެލްސީ އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަނުންނަށް!
ކޮވިޑުން ރަނގަޅުވެ ޓުޗެލް ކްލަބް ވޯލްޑްކަޕް ފައިނަލަށް
ޗެމްޕިއަން ޗެލްސީ ކްލަބު ވޯލްޑް ކަޕް ފައިނަލަށް