ތިނަދޫ ސިޓީ ކައުންސިލަށް ކުރި ތުހުމަތުތަކުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔައިފި އެވެ.
25 ޖޫން 2025
ތިނަދޫ ސިޓީ ކައުންސިލަށް ކުރި ތުހުމަތުތަކުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔައިފި އެވެ.
އެލްޖީއޭ އިން ފިޔަވަޅު އެޅީ އެ ކައުންސިލަށް ކުރެވުނު ހިޔާތާނާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މައްސަލައިގެ އިންކުއަރީއަށް ފަހު އެވެ. އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. މިއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލްގެ އަގުވައްޓާލައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލަން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭ އަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދޭ ކަމަށާއި ނަމަވެސް އެއްވެސް އިންޒާރެއް ދިނުމެއް ނެތި މިއަދު އަވަސް އަރުވާލައިގެން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މިހާތަނަށް އައިއިރު ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރަން އެއްވެސް ފިޔަވަޅެއް އަޅަން އެލްޖޭއޭ އިން އަންގާފައެއް ނުވެ އެވެ.
"މިއަދު އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާ ކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. އެލްޖޭއޭ އިން މަސައްކަތް ކުރަމުންދަނީ މި ޣައިރު ގާނޫނީ ފިޔަވަޅު އުވައިލުމަށް ކޯޓަށް ދިޔުމަށް ތިނަދޫ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ މިއީ ބާރުތައް މަރުކަޒު ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.
ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަން ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް އަރުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެލްޖޭއޭއިން އިން ބުނި ގޮތުގައި، ފިޔަވަޅު އެޅީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި އެ ކަންކަން އެ މަގުން ހިނގާކަން ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވާއިރު އެ ޒިންމާ އަދާނުކުރައްވާތީ ކަމަށެވެ.
އެލްޖީއޭއިން ތިނަދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް
އެލްޖީއޭގެ ސީއީއޯއަށް އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝަން
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ
ދެވަނަ ސަސްޕެންޝަން ނިމި، ކައުންސިލަރުން އޮފީހަށް
އިހަވަންދޫ 4 ކައުންސިލަރެއްގެ ފޯނު ހިފަހައްޓައިފި
ހައްގު ބަސް ބުނުން ނުހުއްޓުވޭނެ: އައްޑޫ މޭޔަރު
ކައުންސިލަރުންގެ ސަސްޕެންޝަން އުވާލުމަށް އެދި ކޯޓަށް
ސަފީރުންނާ ގުޅުން ބަދަހިވުމުން ފައިދާކުރާނެ: އެމްޑީޕީ
ބިމެއް ދިނުމުން ކުރީގެ ކައުންސިލަރަކަށް ދައުވާކުރަނީ
ދައުލަތުގެ ބިންތަކުގައި ހުރި ޖަގަހަތައް ރޫޅާލަނީ