ދެހާސް ބާވީސް ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1،800 އަށްވުރެ ގިނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
20 ޖޫން 2025
ދެހާސް ބާވީސް ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1،800 އަށްވުރެ ގިނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ ދެ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ ބާއްވާނީ މާދަމާ އަދި އޭގެ އަނެއް ދުވަހު އެވެ.
ފަސް ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ.
މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ އިނާމާއި، އޭލެވެލް އިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސް ދެއްވާ ސޮކޮލާޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދި ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލާޝިޕް ވެސް ހަވާލުކުރާނެ ކަމަށެވެ.
ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1،800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ހާސިލް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އޯ ލެވެލްގެ 2022 އާއި 2023 ގެ ބެޗުގެ ގަދަ 10 ގެ ޖަލްސާ ނުބާއްވައި ދިގުލައިގެން ދިޔަ ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީއަކުން އަދި ނުބުނެ އެވެ.
އެ މި ދެ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" މިދިޔަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ޖަލްސާގައި ދިނެވެ. ނަމަވެސް 2022 އަދި 2023 ގެ އޯ ލެވެލްގެ ގަދަ 10 ގެ ޖަލްސާ އަދި ނުބާއްވަ އެވެ.
އޯލެވެލް ގަދަ 10ގެ ޖަލްސާ މި މަހުގެ 21، 22ގައި
އޯލެވެލް ގަދަ 10ގެ ހަފުލާ އަންނަ މަހު ބާއްވަނީ
ރާއްޖޭގެ 16 ކުއްޖަކު ދުނިޔޭގެ ވަނަތަކަށް
ދަރިވަރުންގެ ނަތީޖާއިން ސަރުކާރަށް ހިތްވަރު ލިބޭ:ރައީސް
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
އޯލެވެލްގައި ރަން ވަނަތައް: ސަބަބުތައް ބައިވަރު!
ޓޮޕް ޓެން ޖަލްސާ ބޭއްވުން ފަސްކޮށްފި
ގަދަ 10ގެ ރަސްމިއްޔާތު ކުޑަކޮށްލުމުން ޕެޓިޝަން ހަދަނީ
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި