މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ހަތަރު މެމްބަރެއްގެ މުއްދަތު ހަމަވާތީ، ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
19 ޖޫން 2025
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ހަތަރު މެމްބަރެއްގެ މުއްދަތު ހަމަވާތީ، ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ޗެއާޕާސަނާއި ޑެޕިއުޓީ ޗެއާޕާސަނާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާ އެކު ބޯޑުގައި ޖުމްލަ ހަތް ބޭފުޅުން މިހާރު ތިއްބަވަ އެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ބޯޑަށް ކުރިމަތި ލެވޭނީ ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިގްތިސާދު، މާލީ، އެކައުންޓިން، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ނަމަ އެވެ.
ނުވަތަ އެއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ފަހު އެ ދާއިރާއެއްގައި މަސައްކަތްކޮށް ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް އެ މަގާމަށް ކުރިމަތި ނުލެވޭނެ އެވެ. އޭގެ އިތުރުން ޝަރުތުތަކުގެ ތެރޭގައި:
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން
- ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުން އަންނަ މީހަކު ކަމުގައި ނުވުން
- ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
މެމްބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުންގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ އެވެ. އެ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ހެނދުނު 8:30 އިން މެންދުރު 12:00 އަށް ހުށަހެޅޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"ރިސޯޓު ކުލީގެ ޖޫރިމަނާ ބަދަލުކުރީ ހަމަޖެހޭ ރޭޓަކަށް"
ޓެކްސް އިސްލާހެއް ހިމެނޭ ގޮތުން ދެބިލެއް އެކުލަވާލައިފި
މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ދައުލަތަށް ގެއްލުނު އެތައް ބިލިއަން ރުފިޔާއެއް ހޯދަނީ
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު
ސަމިޓެއް ޝަރަފްވެރިކޮށް ދެއްވުމަށް ފަސްޓްލޭޑީ ޔޫއޭއީއަށް
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މީރާއަށް ދެއްކި ފައިސާގެ 99 ޕަސެންޓު އޮންލައިންކޮށް
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ ގަރާރެއް
ދައުލަތަށް ނުލިބިހުރި 3.76 ބިލިއަން މީރާއިން ހޯދި