މެލޭޝިއާގައި މިހާރު ކުރިއަށް ގެންދާ ހަނާ އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ އެތުލީޓް ޔޫނުސް ބިން މުހައްމަދު ގުރައިޝީ ތިން ވަނަ ހޯދައިފި އެވެ.
01 ޖޫން 2025
މެލޭޝިއާގައި މިހާރު ކުރިއަށް ގެންދާ ހަނާ އޯޕަން ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ އެތުލީޓް ޔޫނުސް ބިން މުހައްމަދު ގުރައިޝީ ތިން ވަނަ ހޯދައިފި އެވެ.
ހަނާ އޯޕަން މުބާރާތަކީ މެލޭޝިއާގައި ބާއްވާ ޓައެކޮވޮންޑޯގެ އެންމެ ބޮޑު ކްލަބް މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި 2،000 އެތުލީޓުން ވާދަ ކުރެ އެވެ.
މެލޭޝިއާގެ މުބާރާތުގައި ވާދަކުރީ އުމުރުން 12 އަހަރާއި 14 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. އެ އުމުރުފުރާގައި 18 އެތުލީޓުން ވާދަކުރި އެވެ.
މެލޭޝިއާގެ މުބާރާތުގައި ޔޫނުސް (ކ) ވާދަ ކުރި ގޭމެއްގެ ތެރެއިން
ޔޫނުސް ނުކުތް ގޭމްތަކުގައި އޭނާ ވަނީ ތިން ގޭމުން މޮޅުވެ ހަތަރުވަނަ ރައުންޑް ނުވަތަ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އެކަމަކު ސެމީގެ މެޗުގައި އޭނާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ފައިޓް ކުރިއަކަށް ނުގެންދެވުނެވެ.
އޭނާ މޮޅުވި ތިން ފައިޓްގައި ވެސް ސީދާ ދެ ރައުންޑުން އެ ގޭމްތައް ކާމިޔާބު ކުރި އެވެ. ސެމީގެ ފުރަތަމަ ރައުންޑުން އޭނާ ބަލިވި ނަމަވެސް ދެވަނަ ރައުންޑުން މޮޅުވި އެވެ. އެކަމަކު އޭގެ ކުރިން ލިބުނު އަނިޔާގެ ސަބަބުން ތިންވަނަ ރައުންޑުން ބަލިވެ ފައިނަލުގެ ފުރުސަތު ގެއްލުނެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ޖުލައި 2023 ގައި ބޭއްވި އިންޓްރާ ކްލަބް ކިރުގީ ޓައެކްވޮންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށް ޔޫނުސް ވަނީ ރަން މެޑަލް ހޯދާފަ އެވެ.
ބްލެކް ބެލްޓް ހޯދި އެންމެ ހަގު އެތުލީޓަކަށް ހޫދު
ތިން މުބާރާތަކަށް ޓައެކްވޮންޑޯ ޓީމު ލަންކާ އަށް
ވަރުގަދަ ފައިޓްގައި އައިޒެކްގެ ހިތް ދިވެހިންނާ އެކު
ޓައެކްވޮންޑޯގެ ފާތިމަތަށް އަނެއްކާވެސް ބްރޯންޒެއް
އަލަށްވާދަކުރި ގައުމީ ޓައެކްވޮންޑޯ ޓީމަށް ހަތަރު މެޑަލް
ޔޫއޭއީ ޓައެކްވޮންޑޯ މުބާރާތުން ޔޫނުސްއަށް ރަނެއް
މާޝަލްއާޓްސް ކޯޗުގެ ޓާގެޓް އައިއޯއައިޖީން ރަން މެޑަލް
"އަންހެން ބުރޫސްލީ" މިއީ އަސްލެއްތަ؟
މާޝަލް އާޓްސްގެ ޗެމްޕިއަންކަން ސިފައިންގެ މީހަކަށް
ވައުދާ ހިލާފުވުމުން ބެރީ އަށް ދައުވާކޮށްފި