ފަލަސްތީނުގެ ދައުލަތެއް އިޒްރޭލުން ގަބޫލުކުރާ ނަމަ، އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކުރަން ތައްޔާރަށް ހުންނެވިކަން އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އިއުލާނުކުރައްވައިފި އެވެ.
ފަލަސްތީނުގެ ދައުލަތެއް އިޒްރޭލުން ގަބޫލުކުރާ ނަމަ، އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކުރަން ތައްޔާރަށް ހުންނެވިކަން އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އިއުލާނުކުރައްވައިފި އެވެ.
ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނީޝިއާ އަކީ އިޒްރޭލާ އެކު ރަސްމީ ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ. އެ ގައުމުން އަބަދުވެސް އަންނަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އޮތް ހައްލަކީ ދެ ދައުލަތް އުފެއްދުން ކަމަށް ވަކާލާތުކުރަމުންނެވެ.
"އިންޑޮނީޝިއާއިން ގަބޫލުކުރާ ގޮތުގައި ދެ ދައުލަތުގެ ހައްލާއި ފަލަސްތީނު މިނިވަންކުރުމަކީ ހަގީގީ ސުލްހަ ގާއިމުކުރެވޭނެ ހަމައެކަނި ގޮތް،" ނިއުސް ކޮންފަރެންސެއްގައި ސުބިއަންޓޯ ވިދާޅުވި އެވެ.
"އަދި މިނިވަން ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ހައްގުތަކަށް ވެސް ސަމާލުކަން ދޭންޖެހޭ. ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަން އަޅުގަނޑު ފާހަގަކުރަން."
"އިޒްރޭލުން ފަލަސްތީން ބަލައިގަތުމާ އެކު އިޒްރޭލު ބަލައިގަނެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން ތައްޔާރު."
ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަށް އެންމެ ބޮޑަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައި އިންޑޮނީޝިއާ ހިމެނެ އެވެ.
ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރަކު އަލްޖަޒީރާއަށް
ޣައްޒާގައި ޝަހީދުކުރި އަދަދު 65،000 އިން މައްޗަށް
ނަތަންޔާހޫ ބުނަނީ ގަތަރުން ހަމާސްއަށް ފަންޑުކުރާ ކަމަށް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ސިޓީ މިހާރު އަނދަނީ ކަމަށް އިޒްރޭލުން ބުނެފި
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ތަފާތުކުރުން ހުއްޓާލައި އިޒްރޭލަށް އަދަބުދޭން ގޮވާލައިފި
ސުލްހަޔަށް އޮތް ހުރަހަކީ ނަތަންޔާހޫ: އަސީރުންގެ ފޯރަމް
ޣައްޒާ ސިޓީން 250000 މީހުން ނުކުމެއްޖެ: އިޒްރޭލް
ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު ފާސްކޮށްފި