18 މާޗް 2017
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއަށް ބޭނުންވާ ބޭސްތައް ރަށްރަށުން ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މިރޭ ބުނެފި އެވެ.
ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއަށް ބޭނުންވާ ބޭސްތައް ރަށްރަށުން ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މިރޭ ބުނެފި އެވެ.
ރާއްޖެއަށް ބޭސް އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން މިހާރު ވަނީ އަތޮޅު ތެރެއަށް ބޭސް ފޯރުކޮށްދިނުމަށް އިމަޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރެއް ޣިޔާސުއްދީން ސްކޫލްގައި ގާއިމްކޮށްފަ އެވެ.
އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ހުމާއި ރޯގާ އަދި ސްވައިން ފްލޫ އަށް ބޭނުންވާ ބޭސްތަކަކީ އަބަދުވެސް އެ ކުންފުނީގެ ސްޓޮކްގައި ހުންނަ ބާވަތުގެ ބޭސްތަކެއް ކަމަށާއި އެކަމަކު މިދުވަސްވަރު އެެ ބޭސްތަކުގެ ޑިމާންޑް ބޮޑުވެފައިވާތީ ބޭނުންވާ މިންވަރަށް ވައިގެ މަގުން އެ ބޭސް އެތެރެ ކުރަމުން އަންނަ ކަމަށެވެ. އަދި އަތޮޅު ތެރޭގެ ހުރިހާ ރަށަކަށް ވެސް އެ ބޭސް ފޯރުކޮށް ދެމުންދާ ކަމަށާއި އެއްވެސް ރަށަކުން ބޭސް ހުސްނުވާނެ ގޮތަކަށް އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމުކޮށް ހުރިހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަން އެސްޓީއޯއިން އަތޮޅު ތެރޭގައި ހުޅުވާފައިވާ ފާމަސީތަކުން މި ރޯގާއަށް ބޭނުންވާ ހުރިހާ ބޭހެއް ހުސްނުވެ، ބަރާބަރަށް ލިބެން ހުންނާނެ. ރީޖަނަލް ހުރިހާ ހޮސްޕިޓަލްތަކެއްގައި ބޮޑު ސްޓޮކެއް ބެހެއްޓިފައި ހުންނާނެ. އަތޮޅުތަކުގައި ހުންނަ ކުދި ފާމަސީތަކުން ބޭސް މަދުވިޔަސް ޑިސްޓްރިބިއުޝަން ސެންޓަރުތަކުން އެތަންތަނަށް ބޭސް ބަރާބަރަށް ދޫކުރަމުން ދާނެ،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯ އިން ގާއިމްކުރި އިމަޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރު--މިހާރު ފޮޓޯ/ހުސައިން ވަހީދު
ޝަހީރު ވިދާޅުވި ގޮތުގައި ސްވައިން ފްލޫ އަށް ބޭނުންވާ ވެކްސިން އާއި ޚާއްސަ ބޭސްތައް ވެސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބޭނުންވާ މިންވަރަށް އެސްޓީއޯ އިން ދަނީ ފޯރުކޮށް ދެމުންނެވެ. އަދި ޣިޔާސުއްދީން ސްކޫލްގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވީ ވީހާ ވެސް ފަސޭހަކޮށް، ބޭސް ފޯރުކޮށް ދިނުމަށެވެ.
"އަޅުގަނޑުމެން ވިސްނާފައި އޮތީ މި ރޯގާގެ ކަންތައް ހަމައަކަށް އެޅެންދެން މި އިމަޖެންސީ ސެންޓަރު ހުޅުވާފައި ބަހައްޓަން،" ޝަހީރު ވިދާޅުވި އެވެ.
އިއްޔެގެ ނިޔަލަށް ސްވައިން ފްލޫ އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 114 އަށް އަރާފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ. އެ ބަލި ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން މެދުކަނޑާލައި، އޮފީސްތަކުގައި މާބަނޑު މީހުން އޮފީހަށް ނިކުންނަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފާނަ ބަސަންދު ފެތުރެނީ، ވެކްސިނެއް ނެތް!
ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވައިފި
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި
އެހެން ބަލިތަކުގެ މީހުންނަށް ވެސް ވެކްސިން ޖަހަނީ
ސްވައިން ފްލޫއާ ގުޅިގެން ބުކިންސްތައް ކެންސަލްކުރަނީ
ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެއްޖެ
ހުމާއި ރޯގާއިން ރައްކާތެރިވުމަށް އުރީދޫގެ އެހީތެރިކަން
ތެލެސީމިއާ މީހުންނަށް އާސަންދައިން ވެކްސިން ޖަހައިދެނީ
ރޯގާ ޖެހިގެން ދައްކާ މީހުން އަނެއްކާ ވެސް އިތުރުވެއްޖެ
ބޭސް ބަހަނީ އެސްޓީއޯއިން ގަނެގެން: ރިފާއު