Roadha Mihaaru

ތުރުކީގެ އިސްތަންބޫލަށް ވަރުގަދަ ބިންހެލުމެއް

ތުރުކީގެ އިސްތަންބޫލާއި އެ ސިޓީގެ ކައިރި ސަރަހައްދުތަކަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ތުރުކީގެ އިސްތަންބޫލަށް ވަރުގަދަ ބިންހެލުމެއް

ތުރުކީގެ އިސްތަންބޫލާއި އެ ސިޓީގެ ކައިރި ސަރަހައްދުތަކަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓު ޕްރެޒިޑެންސީން ބުނީ ބިންހެލުމުގެ ބާރުމިން ހުރީ 6.2 މެގްނިޓިއުޑްގައި ކަމަށެވެ.

ބިންހެލުން އައުމާ އެކު މީހުން ދުވެފައި އިމާރާތްތަކުން ނުކުންނަ މަންޒަރު ވަނީ ވެފަ އެވެ. އެކަމަކު ބިންހެލުމުގެ ސަބަބުން ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނެތެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަ ފޯ ޖިއޯސައިންސް (ޖީއެފްޒެޑް) އިން ބުނީ ބިންހެލުން އައިސްފައިވަނީ 6.02 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށާއި އެއީ 10 ކިލޯމީޓަރު (6.21 މޭލު) އަޑިން އައި ބިންހެލުމެއް ކަމަށެވެ.

ބިންހެލުމަށް ފަހު އެތައް ބައިވަރު ލޮޅުންތަކެއް މިހާތަނަށް ވެސް ވަނީ އައިސްފަ އެވެ.

މި ބިންހެލުމުގެ އަސަރު ވަނީ ތުރުކީގެ ކައިރި ބައެއް ގައުމުތައް ކަމަށްވާ ބަލްގޭރިއާ އާއި ގްރީސް އަދި މެކެޑޯނާ އަށް ވެސް ކޮށްފަ އެވެ.